Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަވަށްޓެރި ގައުމުތަކަށް ހަމަލާ ނުދިނުމަށް ހަމާސްއިން އީރާނަށް ގޮވާލައިފި

އަވަށްޓެރި ގައުމުތަކަށް ހަމަލާ ނުދިނުމަށް ހަމާސްއިން އީރާނަށް ގޮވާލައިފި

އައިޝަތު ރުވާ ރިފްޢަތު
168 ދުވަސް ކުރިން - 15 މާޗް 2026 02:48
ހަމާސްގެ އަސްކަރީ ފައުޖެއް---
ހަމާސްގެ އަސްކަރީ ފައުޖެއް---
ޚުލާސާ

އިސްރާއީލުގެ އުދުވާންތަކުން ދިފާއުވުމަށްޓަކައި އަމިއްލަ ނަފްސު ދިފާއުކުރުމުގެ ފުރިހަމަ ހައްގު އީރާނަށް ލިބިގެންވާކަން އެ ޖަމާއަތުން ވަނީ ހާމަކޮށްފަ.

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އަވަށްޓެރި ގައުމުތަކަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ނުދިނުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން އީރާނަށް ގޮވާލައިފި އެވެ. ނަމަވެސް، އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާންތަކުން ދިފާއުވުމަށްޓަކައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން އަމިއްލަ ނަފްސު ދިފާއުކުރުމުގެ ފުރިހަމަ ހައްގު އީރާނަށް ލިބިގެންވާކަން އެ ޖަމާއަތުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ހަމާސްއިން މިފަދަ ބަޔާނެއް ނެރެފައިވަނީ، ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށާއި އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަ އުހުއްވަތްތެރިކަމުގެ ގުޅުމަށް ބުރުލެއް އެރިޔަ ނުދިނުމުގެ މަގްސަދުގަ އެވެ. ހަމާސްގެ ބަޔާނުގައި ބުނެފައިވަނީ، އީރާނަށް ކުރިމަތިވަމުންދާ އުދުވާންތަކަށް ރައްދު ދިނުމުގައި އަވަށްޓެރި ގައުމުތަކަށް އަމާޒުކުރުމުން ދުރުހެލިވުމަށް އެދޭ ކަމަށެވެ. އަދި ސަރަހައްދީ ގައުމުތަކުން ގުޅިގެން މި އުދުވާންތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށްވެސް އެ ޖަމާއަތުން ވަނީ ގޮވާލާފަ އެވެ.

މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ގަލްފުގެ ބައެއް ގައުމުތަކަށް އީރާނުގެ މިސައިލާއި ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އެ ގައުމުތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އަށް އެހީތެރިވުމުގެ ގޮތުން ގަލްފުގެ ގައުމުތަކުން ވަނީ 4 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އެހީ ދިނުމަށް ވައުދުވެފަ އެވެ.

Advertisement

Advertisement 1

އީރާނަކީ ދިހަވަރަކަށް އަހަރު ވަންދެން ހަމާސްއަށް އަސްކަރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެކެވެ. ހަމާސްއަކީ ލުބުނާނުގެ ހިޒްބުﷲ އާއި ޔަމަނުގެ ހޫޘީން ހިމެނޭ، އިސްރާއީލާ ދެކޮޅު "އެކްސިސް އޮފް ރެސިސްޓެންސް" ގެ މުހިންމު ބައެކެވެ.

މި މައްސަލައާ ގުޅިގެން އީރާނުން އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، އިސްރާއީލުން ދޭ ކޮންމެ ހަމަލާއަކަށް ހަރުކަށި ރައްދެއް ދޭނެ ކަމަށް އީރާނުގެ އަސްކަރީ އިސްވެރިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

5 ދުވަސް ކުރިން - 11:25

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

10 ދުވަސް ކުރިން - 04:34

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުންދީފި

25 ދުވަސް ކުރިން - 13:10

އީރާނާއެކު މަޝްވަރާ ކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވީ ސައޫދީ

އީރާނާއެކު މަޝްވަރާ ކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވީ ސައޫދީ

26 ދުވަސް ކުރިން - 10:26

ސައޫދީގެ ޕްރެޝަރާއި އެކު އީރާނާއި އެމެރިކާ އާއި ދެމެދު މިއަދު އަލުން މަޝްވަރާ ފަށަނީ

އީރާނާއި އެމެރިކާއާއި ދެމެދު މިއަދު އަލުން މަޝްވަރާ ފަށަނީ

27 ދުވަސް ކުރިން - 07:55