Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިހާތަނަށް 9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

މިހާތަނަށް 9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
124 ދުވަސް ކުރިން - 14 މާޗް 2026 17:30
ރާއްޖެއަށް މީގެ ކުރިން އައިސްފައިވާ ކްރޫސްލައިނާ އެއް. / ފޮޓޯ: އިމިގްރޭޝަން
ރާއްޖެއަށް މީގެ ކުރިން އައިސްފައިވާ ކްރޫސްލައިނާ އެއް. / ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު 3،904 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވޭ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ކްރޫޒްލައިނާތަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ ނުވަ ކްރޫޒްލައިނާއެއް ޒިޔާރަތްކޮށްފައިވެ އެވެ. މި އުޅަނދުފަހަރުގައި ޖުމްލަ 14،960 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ކްރޫޒްލައިނާތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު 3،904 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.

Advertisement

Advertisement 1

ކްރޫޒްލައިނާތައް ރާއްޖެއަށް އައި ތާރީހުތަކާއި ފަތުރުވެރިންގެ އަދަދު:

  1. ޖަނަވަރީ 12: 970 ފަތުރުވެރިން
  2. ޖަނަވަރީ 23: 1،037 ފަތުރުވެރިން
  3. ފެބުރުވަރީ 07: 165 ފަތުރުވެރިން
  4. ފެބުރުވަރީ 14: 3،904 ފަތުރުވެރިން
  5. ފެބުރުވަރީ 16: 2،553 ފަތުރުވެރިން
  6. ފެބުރުވަރީ 19: 1،037 ފަތުރުވެރިން
  7. މާރިޗު 04: 2،736 ފަތުރުވެރިން
  8. މާރިޗު 12: 1،210 ފަތުރުވެރިން
  9. މާރިޗު 13: 1،348 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 540،674 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރު އަދަދެކެވެ. ނަމަވެސް، މި މަހުގެ ފުރަތަމަ 12 ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 23.6 އިންސައްތަ ދަށްވެފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންއިމިގްރޭޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

6 ދުވަސް ކުރިން - 20:13

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

6 ދުވަސް ކުރިން - 19:37

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

9 ދުވަސް ކުރިން - 18:08

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

14 ދުވަސް ކުރިން - 21:31

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

37 ދުވަސް ކުރިން - 18:19

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

58 ދުވަސް ކުރިން - 13:57