އީރާނުގެ މިހާރުގެ ވެރިކަމުގެ އިސް ވެރީންގެ މަޢުލޫމާތުދޭ ކޮންމެ މީހަކަށް އެމެރިކާގެ ރަށްވެހިކަން ދޭން ނިންމައިފި ކަމަށް އިޢުލާން ކޮށްފިއެވެ.
އެމެރިކާ އިން މިގޮތަށް އިޢުލާން ކުރީ، އީރާނުގެ އެންމެ އިސް ލީޑަރު މުޖްތަބާ ޚާމަނާއީ ހިމެނޭހެން އީރާނުގެ އަސްކަރިއްޔާގެ އެންމެ އިސް ވެރިންގެ މަޢުލޫމާތު ވެސް ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް ބުނަމުންނެވެ.
އެމެރިކާގެ ގާނޫނުގެ ދަށުން، ޓެރަރިޒަމް ނުވަތަ ސަލާމަތީ ގޮތުން އެ ޤައުމަށް ނުރައްކަލެއް އޮތްކަމަށް ބުނެ އެފަދަ މުހިންމު މައުލޫމާތު ފޯރުކޮށްދޭ މީހުންނަށް ރައްކާތެރިކަަން ދެވޭނެއެވެ. އަދި ޚާއްޞަ އިމިގްރޭޝަންގެ އިނާޔަތްތައް ލިބިދެއެވެ.
ރިވާޑްސް ފޯ ޖަސްޓިސް ޕްރޮގްރާމް ފަދަ ޕްރޮގްރާމްތަކުން މާލީ އިނާމުތައް ދީ، ބައެއްްވެހިކަން ބަދަލު ކުރުމުގެ ފުރުސަތު ލިބެއެވެ. އަދި ބައެއް ހާލަތްތަކުގައި މައުލޫމާތު ދޭ ފަރާތްތަކަށް އެސް-5 ވިސާ ފަދަ ހާއްސަ ވިސާއެއް ލިބި، ގާނޫނީ ގޮތުން އެމެރިކާގައި އުޅެވޭނެ އެވެ. އަދި ތަހުގީގުތަކަށް އެހީތެރިވެދޭނަމަ، ދާއިމީ ގޮތަށް އެމެރިކާގެ ޔިތަކަށް ހަދައެވެ.










