Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތ.ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ތ.ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ހައްވާ މިރުފާ
124 ދުވަސް ކުރިން - 13 މާޗް 2026 15:34
ތ.ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތުގެ ތެރެއިން---ފޮޓޯ:ޚުލާސާ
ތ.ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތުގެ ތެރެއިން---ފޮޓޯ:ޚުލާސާ
ޚުލާސާ

ތ. ވޭމަންޑޫން 27 ހެކްޓަރުގެ ބިން ހިއްކާނެ

ތ. ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއިއެވެ. ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީ އާ ދެމެދު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. ނަމަވެސް ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިފައި ވަނީ އިއްޔެގަ އެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 27 ހެކްޓަރުގެ ބިން ހިއްކައި، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Advertisement

Advertisement 1

އެގޮތުން ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ "ފިލިޕޯ ބްރޫނެލެސްކީ"ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރަކުންނެވެ. އަދި އެ ޑްރެޖަރަކީ 11،300 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް ހާއްސަކޮށް ފަރުމާ ކުރެވިފައިވާ ޒަމަނީ ވަސީލަތެކެވެ. އޭގެ އިތުރުން ވޭމަންޑޫ ބިންހިއްކުމުގެ މަޝްރޫއުގެ ތެރެއިން، ޒަމަނީ ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއަށް ވަނީ ހަވާލުކޮށްފަ އެވެ.

ރަށުގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދިއުމާ ގުޅިގެން، ދިރިއުޅުމަށް ބިން ދިނުމުގެ ދަތިކަން ވޭމަންޑޫ ރައްޔިތުންނަށް ވަނީ ދިމާވެފައެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސް މުއިއްޒުގެ ސަރުކާރުން ތައްޔާރު ކުރެވޭ ލޭންޑް ޔޫސް ޕްލޭންގެ ދަށުން، ހިއްކާ ބިމުން ގޯތި ދޫކުރުމާއި ހައުސިން ޔުނިޓްތަކަށް ބިން ހާއްސަ ކުރެވިގެންދާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްއެމްޓީސީސީބިން ހިއްކުން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

11 ގަޑިއިރު ކުރިން - 11:20

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

12 ގަޑިއިރު ކުރިން - 10:20

ނިމެނީ ނިމެނީ، މާދަމާ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ނިންމާލަނީ

ނިމެނީ ނިމެނީ، މާދަމާ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ނިންމާލަނީ

1 ދުވަސް ކުރިން - 20:07

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

1 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

2 ދުވަސް ކުރިން - 17:13