އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި އިޓަލީ އިން "ބައިވެރިނުވާ" ކަމަށާއި ހަނގުރާމައަށް "ވަންނަން ބޭނުން ނުވާ" ކަމަށް، އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ ވިދާޅުވެއްޖެއެވެ.
ސެނެޓުގައި ވާހަކަ ދައްކަވަމުން މެލޯނީ ވިދާޅުވީ މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ދިމާވި އެންމެ ޙައްސާސް މައްސަލަ ކަމަށާއި، “ސީރިއަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ" ކަމަށެވެ.


އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ޙަމަލާ ތަކަށް އިޝާރާތް ކުރައްވައި އިޓަލީގެ ބޮޑުވަޒިރު ވިދާޅުވީ އެއީ "އިޓަލީން ބައިވެރި ނުވާ އަދި ބައިވެރިވާން ގަސްތު ނުކުރާ އިންޓަރވެންޝަނެއް" ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ހަނގުރާމައިގަ އެއް ނޫން އަދި ހަނގުރާމައަކަށް ވަންނަން ވެސް ބޭނުމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކަންކަން އެ ކުރަނީ "ބައިނަލްއަޤްވާމީ ޤާނޫނުގެ އިމުގެ ބޭރުން" ކަމަށެވެ.








