Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައްޑޫގައި 'ސްވައިޕް' ރަސްމީކޮށް ތައާރަފްކޮށް, ވިޔަފާރިވެރިންގެ ބޮޑު ތަރުހީބެއް!

އައްޑޫގައި 'ސްވައިޕް' ރަސްމީކޮށް ތައާރަފްކޮށް, ވިޔަފާރިވެރިންގެ ބޮޑު ތަރުހީބެއް!

މަރްޔަމް މާޙީ
136 ދުވަސް ކުރިން - 12 މާޗް 2026 14:04
އައްޑޫގައި 'ސްވައިޕް' ރަސްމީކޮށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ބީއެމްއެލް
އައްޑޫގައި 'ސްވައިޕް' ރަސްމީކޮށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ބީއެމްއެލް
ޚުލާސާ

އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް މެދުވެރިކޮށް ފައިސާ ބަލައިގަންނާނެ

އައްޑޫ ސިޓީގައި ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން "ސްވައިޕް" ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

މި ހިދުމަތް އައްޑޫއަށް ތައާރަފްކުރުމަށްޓަކައި ރޭ ހާއްސަ ރަސްމިއްޔާތެއް އައްޑޫ ސިޓީ ހިތަދޫ ސްކޫލްގައި ވަނީ ބާއްވައިފައެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާނަކީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލަޖީ އަލީ އިހްސާން އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުހައްމަދު ޝަރީފު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

Advertisement

Advertisement 1

ސްވައިޕް އައްޑޫއަށް ތައާރަފްކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ސިޓީގެ ވިޔަފާރިވެރިންގެ ފަރާތުން މި ހިދުމަތަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މިއާއެކު، އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް މެދުވެރިކޮށް ފައިސާ ބަލައިގަންނާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، އައްޑޫގެ ވިޔަފާރިވެރިން ސްވައިޕް ބަލައިގަތް އަވަސްމިނުން ފެނިގެންދަނީ އައްޑޫއަކީ ޒަމާނީ ޓެކްނޮލަޖީއަށް ހޭލުންތެރި ސިޓީއެއް ކަމަށެވެ.

ސްވައިޕަކީ ބީއެމްއެލް އިން ތައާރަފްކުރި, ރާއްޖެއާއި ރާއްޖެއިން ބޭރުގައި، އެއްވެސް ދަތިކަމެއް ނެތި، ރައްކާތެރިކަމާއެކު ވަގުތުން ފައިސާގެ މުއާމަލާތްތައް ހިންގޭނެ އައު މަލްޓި-ކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ.

ސައްތައިންސައްތަ ދިވެހިންގެ އުފެއްދުމެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މި ޑިޖިޓަލް ވޮލެޓަކީ، ބައިނަލްއަގުވާމީ ފައިނޭންޝަލް ޓެކްނޮލޮޖީގެ މައިދާނުގައި ދިވެހިންގެ ހުނަރާއި ރާއްޖޭގެ ނަން ފާހަގަކޮށްދޭނެ އުފެއްދުމެކެވެ.

ސްވައިޕްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކުރުމާއެކު، އައްޑޫ ސިޓީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ބީއެމްއެލްސްވައިޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

6 ދުވަސް ކުރިން - 13:47

ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅި ގައުމަށް އޭގެ ގެއްލުން ލިބޭ: ބީއެމްއެލް ސީއީއޯ

“ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅިގައުމަށް އޭގެ ގެއްލުން ލިބޭ”

10 ދުވަސް ކުރިން - 20:12

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި: ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމާނެ

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި

11 ދުވަސް ކުރިން - 11:44

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

11 ދުވަސް ކުރިން - 11:27

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

11 ދުވަސް ކުރިން - 11:20

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

13 ދުވަސް ކުރިން - 16:00