Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަލައިކާ އިނގޭތަ؟ ޑަބްލިއުޑީސީ ރައީސާ ކެނޑިޑޭޓުގެ ތަފާތު ކެންޕެއިން ހަރަކާތެއް!

އަލައިކާ އިނގޭތަ؟ ޑަބްލިއުޑީސީ ރައީސާ ކެނޑިޑޭޓުގެ ތަފާތު ކެންޕެއިން ހަރަކާތެއް!

މަރްޔަމް މާޙީ
137 ދުވަސް ކުރިން - 11 މާޗް 2026 11:27
އަލައިކާ އެނގޭތަ ކުއިޒުގެ ކިއުއާރުކޯޑު---
އަލައިކާ އެނގޭތަ ކުއިޒުގެ ކިއުއާރުކޯޑު---
ޚުލާސާ

މިއީ ކެނޑިޑޭޓަކާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، މައުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖޭގައި ފެށި އައު މޮޑެލްއެއްގެ ކެންޕެއިން ހަރަކާތެއް.

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސާގެ މަގާމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް އަލްއުސްތާޒާ އާޝިޔަތު އަލައިކާ އަދުނާން، ތަފާތު އަދި ޝައުޤުވެރި ކެންޕެއިން ހަރަކާތެއް ފައްޓަވައިފިއެވެ.

"އަލައިކާ އިނގޭތަ؟" މި ނަމުގައި ކުރިއަށްގެންދާ މި ހާއްސަ ކުއިޒް މުބާރާތަކީ، މާލޭ ސިޓީގެ އާއިލާތަކަށް ޚާއްސަކޮށްގެން، ނަމަވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކުއިޒް ކުރިއަށްދާނީ މި ހިނގާ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން 29 މާޗުގެ ނިޔަލަށެވެ.

މި މުބާރާތުގެ ދަށުން ކޮންމެ ދުވަހަކުވެސް ކެނޑިޑޭޓް އަލައިކާއާ ގުޅޭ ހާއްސަ ސުވާލެއް www.alaika.com ވެބްސައިޓް މެދުވެރިކޮށް އާންމުކުރެވޭނެއެވެ. ސުވާލުގެ ޖަވާބު ފޮނުވަން ޖެހެނީވެސް ހަމަ އެ ވެބްސައިޓް މެދުވެރިކޮށެވެ. ކޮންމެ ދުވަހެއްގެވެސް ސުވާލަށް ޖަވާބު ފޮނުވުމުގެ އެންމެ ފަހު ވަގުތަކީ އެ ދުވަހެއްގެ ރޭގަނޑު 12:00 (00:00) އެވެ.

Advertisement

Advertisement 1

ދުވަހުގެ ނަސީބުވެރިޔާ ހޮވުމަށް ހަމަޖެހިފައިވަނީ، އެ ދުވަހެއްގެ ސުވާލަށް ރަނގަޅު ޖަވާބު ފޮނުވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. ގުރުއަތުން ހޮވޭ ފަރާތް ޖެހިގެން އަންނަ ދުވަހު ވެބްސައިޓުގައި އިއުލާނު ކުރެވޭނެއެވެ. އަދި ނަސީބުވެރިޔާއަށް އިނާމު ހަވާލުކުރުމަށްޓަކައި އަލައިކާ އަމިއްލަފުޅަށް އެ ފަރާތަކަށް ގުޅުއްވާނެއެވެ.

މުޅި ކުއިޒް ނިމުމުން، ހުރިހާ ސުވާލުތަކަށް ރަނގަޅު ޖަވާބު ފޮނުވާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ގުރުއަތުން ހޮވޭ، މުޅި ކުއިޒްގެ އެއްވަނަ ނަސީބުވެރިޔާއަށް ވީއޭވީ (VAV) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ވަރަށް ހާއްސަ އަދި ބޮޑު އިނާމެއް ލިބިގެންދާނެއެވެ.

މިއީ ކެނޑިޑޭޓަކާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، މައުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖޭގައި ފެށި އައު މޮޑެލްއެއްގެ ކެންޕެއިން ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މާލެ ސިޓީ ކައުންސިލްޑަބްލިއުޑީސީލޯކަލް ކައުންސިލް އިންތިޚާބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

35 ދުވަސް ކުރިން - 12:01

ވޯޓުން އެއްވަރުވެ ދެވަނަ ފަހަރަށް ވޯޓުލައިގެން 80 ވޯޓުގެ ފަރަގަކުން ޕީއެންސީން މީދޫ ރައީސް ގޮނޑި ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

42 ދުވަސް ކުރިން - 19:24

ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 20،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފި

ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 20،000: މިނިސްޓްރީ

65 ދުވަސް ކުރިން - 15:56

ހަމާސް އިން ބޮއިކޮޓް ކުރި އިންތިޚާބު މަހުމޫދު ޢައްބާސް ކާމިޔާބު ކުރައްވައިފި

ހަމާސްއިން ބޮއިކޮޓްކުރި އިންތިޚާބު މަހުމޫދު އައްބާސް ކާމިޔާބުކުރައްވައިފި

90 ދުވަސް ކުރިން - 11:05

ހޮނިހިރު ދުވަހު ޣައްޒާގައި އިންތިޚާބު ބާއްވަނީ، ޙަމާސް ނުހިމެނޭ!

ހޮނިހިރުދުވަހު ޣައްޒާގައި އިންތިޚާބު ބާއްވަނީ، ޙަމާސް ނުހިމެނޭ!

94 ދުވަސް ކުރިން - 21:34

ދާއިމީ ނަތީޖާ: ޕީއެންސީއަށް ޖުމްލަ 584 ގޮނޑި، އެމްޑީޕީއަށް 563

ޕީއެންސީއަށް ޖުމްލަ 584 ގޮނޑި، އެމްޑީޕީއަށް 563

98 ދުވަސް ކުރިން - 14:51