އިސްރާއީލުން ލުބުނާނުގެ އެކި ހިސާބުތަކަށް ފޭ ވަރަށް ވަރުގަދަ ޙަމަލާތައްދީ ހިނަ ބަޔަކު ޝަހީދު ކޮށްލައިފިއެވެ. މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 486 މީހުން ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. ރޭ ވެސް 37 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ އިން ބުނާ ގޮތުގައި އިސްރާއީލުގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން ރޭ ޙަމަލާތައް ދިނީ ލުބުނާނުގެ ވަށައިގެން އެކި ދިމަދިމާއަށެވެ. ޒައެނިްޓުން ގެންދަނީ އެއްގަމު މަގުން ވެސް ލުބުނާނުގެ ދެކުނުގެ އެކި ތަންތަނަށް ޙަމަލާ ދެމުންނެވެ.


އެންމެ ވަރުގަދަޔަށް ހަމަނުޖެހުން ހިނގަނީ ލުބުނާނުގެ ދެކުނުގައެވެ. މި ހަނގުރާމައިގައި އިސްރާއީލުގެ ސިފައިންނާއި ހިޒްބުاللهގެ ހަނގުރާމަވެރިން ދަނީ ބޯޑަރު ސަރަހައްދުގެ ކައިރީގައި ވަރަށް ވަރުގަދަޔަށް ކުރިމަތިލަމުންނެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދިން ގޮތުގައި އިސްރާއީލުގެ އެންމެ ފަހުގެ ހަމަލާތައް ހުސްވި ހަފްތާގައި ފެށި ފަހުން 1،313 މީހުން ޒަޚަމްވެފައި ވެއެވެ.








