އީރާނުގެ އައު ސުޕްރީމް ލީޑަރު ކަމުގެ މަޤާމަށް މުޖްތާބާ ޚާމަނާއީ އައްޔަން ކޮށްފައި ވާއިރު، އެ ކަމާއި ގުޅޭ ގޮތުން އެއްޗެއް ބުނަން ޓްރަމްޕް ދެކޮޅު ހައްދަވައިފިއެވެ


ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކުރާ ގޮތުގައި އެމެރިކާގެ ރައީސް ދެއްވި އިންޓަވިއުއެއްގައި އީރާނިގެ އެންމެ އިސް ވެރިޔަކަށް ޚާމަނާއީގެ ދެވަނަ ދަރިކަލުން އައްޔަން ކުރެއްވުމާއި ބެހޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހައްދަވައި ހަމަ އެކަނި ވިދާޅުވީ، ވާނެ ގޮތެއް ބަލާނެ ކަމަށެވެ. “އަހަރެމެން ބަލާނަން ވާނެ ގޮތެއް”.
މީގެ ކުރިން އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި އީރާނަށް ދެން އަންނަ ވެރިޔަކީ ވެސް އެމެރިކާ އާއި އިސްރާއީލުގެ ޓާގެޓަކަށް ވާނެއެވެ.








