Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިނގިރޭސީވިލާތުގެ ގޭސް ރިޒާވް ދެ ދުވަހަށް ވެއްޓި، ހަކަތައިގެ ބޮޑު ކްރައިސިސްއެއްގެ ބިރު ހީވެއްޖެ

އިނގިރޭސީވިލާތުގެ ގޭސް ރިޒާވް ދެ ދުވަހަށް ވެއްޓި، ހަކަތައިގެ ބޮޑު ކްރައިސިސްއެއްގެ ބިރު ހީވެއްޖެ

އައިޝަތު އީމާން
143 ދުވަސް ކުރިން - 8 މާޗް 2026 23:28
ކަތައިގެ އަގު އުފުލެން މެދުވެރިވި މައިގަނޑު ސަބަބަކީ، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރުކުރާ "ސްޓްރެއިޓް އޮފް ހޯރްމޫޒް" އީރާނުން ބަންދުކުރުން--
ކަތައިގެ އަގު އުފުލެން މެދުވެރިވި މައިގަނޑު ސަބަބަކީ، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރުކުރާ "ސްޓްރެއިޓް އޮފް ހޯރްމޫޒް" އީރާނުން ބަންދުކުރުން--
ޚުލާސާ

ގޭސް ރައްކާކުރެވިފައި ނެތުމުން، ބޭރުން ގޭސް ގަތުމަށް މަޖުބޫރުވެފައިވާތީ، ޔޫރަޕްގެ އެހެން ގައުމުތަކަށްވުރެ ބޮޑު އަގު ދީގެން ގޭސް ގަންނަން އިނގިރޭސީވިލާތަށް ވަނީ މަޖުބޫރުވެފައި.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ގޭސް އުފައްދާ މަރުކަޒު ބަންދުކޮށް، އީރާނުން މުހިންމު ކަނޑުގެ މަގެއް ބަންދުކުރުމާ ގުޅިގެން، އިނގިރޭސިވިލާތުގައި ރައްކާކުރެވިފައި ހުރި ގޭހުގެ މިންވަރު އެންމެ ދެ ދުވަހަށް ވާވަރަށް މަދުވެ، ގައުމަށް ހަކަތައިގެ ބޮޑު ތަދެއް ކުރިމަތިވެދާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ނެޝަނަލް ގޭސްއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ގޭސް ރިޒާވްގައި 18,000 ގިގަވޮޓް އަވާ ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 6,700 ގިގަވޮޓް އަވާ އަށް ދަށަށް ގޮސްފަ އެވެ. މިއީ އެ ގައުމުގެ އާންމު ބޭނުންތަކަށް ބަލާއިރު އެންމެ 1.5 ދުވަހަށް ފުދޭނެ މިންވަރެކެވެ. މީގެ އިތުރުން ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) ވެސް ހުރީ ގާތްގަނޑަކަށް ހަމަ މި މިންވަރަށެވެ.

ޔޫރަޕްގެ އެހެން ގައުމުތަކާ އަޅާކިޔާއިރު އިނގިރޭސިވިލާތުގެ ހާލަތު މާ ނާޒުކެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގައި އެތައް ހަފުތާއަކަށް ފުދޭވަރަށް ގޭސް ރިޒާވް ހުރި ނަމަވެސް، އިނގިރޭސިވިލާތުން ގޭސް ރައްކާކުރާ ނިޒާމަށް ސަރުކާރުން ދެމުންދިޔަ ފަންޑިން މެދުކަނޑާލުމުގެ ސަބަބުން ކުރިން 12 ދުވަހަށް ހުންނަ ރިޒާވް މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

Advertisement

Advertisement 1

މި ހާލަތުގެ ނާޖާއިޒު ފައިދާ ވިޔަފާރިވެރިން ނަގަމުންދާކަން ފާހަގަކުރެވެ އެވެ. އިނގިރޭސިވިލާތުގައި ގޭސް ރައްކާކުރެވިފައި ނެތުމުން، ބޭރުން ގޭސް ގަތުމަށް މަޖުބޫރުވެފައިވާތީ، ޔޫރަޕްގެ އެހެން ގައުމުތަކަށްވުރެ ބޮޑު އަގު ދީގެން ގޭސް ގަންނަން ވަނީ ޖެހިފަ އެވެ. މީގެ ސަބަބުން މިހާރު އިނގިރޭސިވިލާތަކީ މުޅި ޔޫރަޕްގައިވެސް އެންމެ އަގުބޮޑުކޮށް ގޭސް ގަންނަ ގައުމެވެ.

ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލެން މެދުވެރިވި މައިގަނޑު ސަބަބަކީ، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރުކުރާ "ސްޓްރެއިޓް އޮފް ހޯރްމޫޒް" އީރާނުން ބަންދުކުރުމެވެ. އަދި އީރާނުގެ ހަމަލާތަކާ ގުޅިގެން ގަތަރުގެ "ރަސް ލައްފާން" ގޭސް މަރުކަޒުގެ މަސައްކަތްތައް މެދުކަނޑާލުމަކީވެސް މީގެ ސަބަބެކެވެ.

މާހިރުން އިންޒާރުދޭ ގޮތުގައި، މި ހަމަނުޖެހުންތައް ދިގުލައިގެން ގޮސްފިނަމަ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލިގެންދާނެ އެވެ. މިހާރުވެސް ތެލުގެ އަގު ވަނީ 90 ޑޮލަރަށްވުރެ މައްޗަށް ގޮސްފަ އެވެ. ގޯލްޑްމަން ސެކްސްއިން ބުނާ ގޮތުގައި މެދުއިރުމަތިން ތެޔޮ ސަޕްލައިކުރުން ހުއްޓުމަކަށް އައުމަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށްވުރެ 17 ގުނަ ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.

މި ހާލަތާ ގުޅިގެން އިނގިރޭސިވިލާތުގެ އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެގެންދާނެ އެވެ. ހަކަތައިގެ އަގުގެ އިތުރުން، މޯގޭޖް ރޭޓްތަކާއި ކާބޯތަކެތީގެ އަގުތައް ވެސް އުފުލޭނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެ އެވެ.

މި ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ވަނީ އީރާނުގެ ތެޔޮ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ހަނގުރާމައިގައި އިނގިރޭސިވިލާތުން ބައިވެރިވުމަށް ތައްޔާރުވަމުންދާތީ އެ ގައުމުގެ ބޮޑުވަޒީރު ކީރް ސްޓާމަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މިގޮތުން، ހަނގުރާމައަކުން ކާމިޔާބު ހޯދާފައިވަނިކޮށް، ފަހުން އެ ހަނގުރާމައަކާ ގުޅޭ ބަޔަކު ބޭނުންނުވާކަމަށް ވިދާޅުވެ އޭނާ ވަނީ ބަހުގެ ހަމަލާއެއް ސްޓާމަރަށް ފޮނުވާފަ އެވެ.

ކުއްލި ޚަބަރުއީރާން ކްރައިސިސް 2026އިނގިރޭސީވިލާތް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިސްރުގެ ބަނދަރެއްގައި އޮތް އެމެރިކާގެ ޓޭންކަރަކަށް އީރާނުން ބާރުގަދަ ޑްރޯން ހަމަލާއެއް ދީފި!

މިސްރުގެ ބަނދަރެއްގައި އޮތް އެމެރިކާގެ ޓޭންކަރަކަށް އީރާނުން ހަމަލާ ދީފި

9 ގަޑިއިރު ކުރިން - 04:53

ދެހަފްތާތެރޭ އެމެރިކާގެ ހަނގުރާމަމަތީ 11 މަތިންދާބޯޓު ހަލާކުކޮށްލައިފިން - އީރާން

ދެހަފްތާތެރޭ އެމެރިކާގެ ހަނގުރާމަމަތީ 11 މަތިންދާބޯޓު ހަލާކުކޮށްލައިފިން - އީރާން

1 ދުވަސް ކުރިން - 11:16

އީރާނުން 350 މަދަނީ މުވައްޒަފުން މަރުވެ، ބޫޝެހްރު އެއާޕޯޓު ބަންދުކޮށްފި

އީރާނަށުން 350 މަދަނީ މުވައްޒަފުން މަރުވެ، ބޫޝެހްރު އެއާޕޯޓު ބަންދުކޮށްފި

2 ދުވަސް ކުރިން - 13:11

ބޮން އެޅުން ހުއްޓާލީ ކީއްވެ؟ އެމެރިކާގެ މިސައިލްތައް ހުސްވަނީތަ؟

ބޮން އެޅުން ހުއްޓާލީ ކީއްވެ؟ އެމެރިކާގެ މިސައިލްތައް ހުސްވަނީތަ؟

2 ދުވަސް ކުރިން - 17:05

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

5 ދުވަސް ކުރިން - 16:04

ސައުދީއާއި އިރާގުގައި ހުރި އެމެރިކާގެ ސީއައިއޭ މަރުކަޒުތަކަށް އީރާނުން ހަމަލާ ދީފި

ސައުދީއާއި އިރާގުގައި ހުރި އެމެރިކާގެ ސީއައިއޭ މަރުކަޒުތަކަށް އީރާނުން ހަމަލާ ދީފި

6 ދުވަސް ކުރިން - 10:25