Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުގެ ވެރިކަން ބަދަލުކުރަން ރައްޔިތުން ބޭނުންނުވޭ، އެހެން ގައުމުތަކުގެ ދާހީލީ ކަންކަމާ ބެހިގެން ނުވާނެ: ޗައިނާ

އީރާނުގެ ވެރިކަން ބަދަލުކުރަން ރައްޔިތުން ބޭނުންނުވޭ، އެހެން ގައުމުތަކުގެ ދާހީލީ ކަންކަމާ ބެހިގެން ނުވާނެ: ޗައިނާ

އައިޝަތު ރުވާ ރިފްޢަތު
139 ދުވަސް ކުރިން - 8 މާޗް 2026 17:13
ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުން ވެސް، ވީހާވެސް އަވަހަކަށް މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް ޗައިނާގެ ފޮރިން މިނިސްޓަރު ބާރުއެޅުއްވި---
ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުން ވެސް، ވީހާވެސް އަވަހަކަށް މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް ޗައިނާގެ ފޮރިން މިނިސްޓަރު ބާރުއެޅުއްވި---
ޚުލާސާ

މެދުއިރުމަތީގެ ކަންކަން ނިންމުމުގެ ފުރިހަމަ އިހްތިޔާރު އޮންނަންވާނީ އެ ސަރަހައްދުގެ ގައުމުތަކަށް ކަމަށް ވަންގް ވިދާޅުވި. އަދި ބާރުގެ ބޭނުންކުރުމަކީ އެއްވެސް ހައްލެއް ނޫންކަމަށް އޭނާ ވިދާޅުވި.

އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުގެ ވެރިކަން ބަދަލުކުރުމަށް ކުރާ އެއްވެސް މަސައްކަތަކަށް އެ ގައުމުގެ ރައްޔިތުންގެ ތާއީދެއް ނެތް ކަމަށް ބުނެ ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ބީޖިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އީރާނުގައި "ކަލާ ރިވޮލިއުޝަނެއް" ގެނައުމަށް ނުވަތަ ރޭވުންތެރިކަމާއެކު ވެރިކަން ބަދަލުކުރުމަށް ކުރާ މަސައްކަތްތަކަށް އާންމުންގެ ތާއީދެއް ނުލިބޭނެ ކަމަށެވެ. އަދި އީރާނުގެ އިތުރުން ހުރިހާ ގައުމެއްގެ އިސްތިގުލާލަށް އިހުތިރާމް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި، މިހާރު ކުރިއަށްދާ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ، ވަންގް ޔީ އިތުރަށް ވިދާޅުވީ، މިއީ ހިނގައިގެންވާނެ ހަނގުރާމައެއް ނޫން ކަމަށާއި، މި ހަނގުރާމައިން އެއްވެސް ފަރާތަކަށް ފައިދާއެއް ނުކުރާނެ ކަމަށެވެ. "ބާރުގެ ބޭނުންކުރުމަކީ އެއްވެސް ހައްލެއް ނޫން. ހަތިޔާރުގެ ކުރިމަތިލުންތަކުގެ ސަބަބުން ނަފުރަތު އިތުރުވެ، އާ މައްސަލަތައް އުފެދުން ނޫން ކަމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement 1

މެދުއިރުމަތީގެ ކަންކަން ނިންމުމުގެ ފުރިހަމަ އިހްތިޔާރު އޮންނަންވާނީ އެ ސަރަހައްދުގެ ގައުމުތަކަށް ކަމަށާއި، އެހެން ގައުމުތަކުގެ ދާހީލީ ކަންކަމާ ބެހިގެން ނުވާނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ. އަދި ދުނިޔެއަކީ ޖަންގަލީގެ އުސޫލުތަކަށް ތަބާވާ ތަނަކަށް ވެގެން ނުވާނެ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް އޭނާ ބާރުއެޅުއްވި އެވެ.

މީގެ އިތުރުން، އީރާނުގެ ރޫހާނީ މާލިމީ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ކޮށްލުން ޗައިނާއިން ވަނީ ކުށްވެރިކޮށްފައެވެ. އަދި ރަޝިޔާއާއެކު އޮތް ގުޅުމަކީ ގުޑުމެއް ނެތް ވަރުގަދަ ގުޅުމެއްގެ ގޮތުގައި ވަންގް ޔީ ސިފަކުރެއްވި އެވެ.

އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސް ކައުންސިލްގެ ސިއްރު ރިޕޯޓަކާ ހަވާލާދީ "ދަ ވޮޝިންގޓަން ޕޯސްޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން ބޮޑު އަސްކަރީ ހަމަލާއެއް ދިން ނަމަވެސް، އީރާނުގެ އަސްކަރީ އަދި ދީނީ ބާރުވެރިކަން ވައްޓާލެވުމަކީ ދުރު ކަމެކެވެ. މިއީ އީރާނުގެ ވެރިކަން ބަދަލުކުރެވޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވާ ވާހަކަތަކާ ދެކޮޅު ރިޕޯޓެކެވެ.

ޗައިނާއިން ބުނީ މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކޮށް، ދުނިޔޭގެ ސުލްހައަށްޓަކައި އެ ސަރަހައްދުގެ ގައުމުތަކާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.

އީރާން ކްރައިސިސް 2026ޗައިނާއެމެރިކާއީރާން - އެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

15 ގަޑިއިރު ކުރިން - 20:07

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

1 ދުވަސް ކުރިން - 16:04

ސައުދީއާއި އިރާގުގައި ހުރި އެމެރިކާގެ ސީއައިއޭ މަރުކަޒުތަކަށް އީރާނުން ހަމަލާ ދީފި

ސައުދީއާއި އިރާގުގައި ހުރި އެމެރިކާގެ ސީއައިއޭ މަރުކަޒުތަކަށް އީރާނުން ހަމަލާ ދީފި

2 ދުވަސް ކުރިން - 10:25

އީރާނުން އެމެރިކާގެ ދެސިފައިން މަރާލައިފި

އީރާނުން އެމެރިކާގެ ދެސިފައިން މަރާލައިފި

5 ދުވަސް ކުރިން - 22:44

އީރާނުން އަނެއްކާވެސް އެމެރިކާގެ ވައިގެ އުޅަނދެއް ވައްޓާލައިފި

އީރާނުން އަނެއްކާވެސް އެމެރިކާގެ ވައިގެ އުޅަނދެއް ވައްޓާލައިފި

6 ދުވަސް ކުރިން - 22:05

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

6 ދުވަސް ކުރިން - 13:25