Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާލޭގެ ހުރިހާ މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދު ކުރީ ޒުވާން ހަތީބުން

މާލޭގެ ހުރިހާ މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދު ކުރީ ޒުވާން ހަތީބުން

ހައްވާ މިރުފާ
105 ދުވަސް ކުރިން - 6 މާޗް 2026 13:25
ޒުވާން ހަތީބު އަލްހާފިޒު އުވައިސް ބިން އިނާޒު ހުތުބާ ކިޔަނީ---ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ޒުވާން ހަތީބު އަލްހާފިޒު އުވައިސް ބިން އިނާޒު ހުތުބާ ކިޔަނީ---ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ޚުލާސާ

އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގެ އިތުރުން 24 މިސްކިތެއްގައި ޒުވާން ހަތީބުން މިއަދު އިމާމްވެ ހުކުރު ނަމާދު ކުރި.

މާލޭގެ ހުރިހާ މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދު ކުރޯ ޒުވާން ހަތީބުން ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މާލެ ސަރަހައްދުގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ އިސްލާމީ މަރުކަޒުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރީ އަބްދުﷲ ބިން އިމްޖާދު އެވެ. އަދި ސަލްމާން މިސްކިތުގެ އިމާމްވެ ހުކުރު ނަމާދު ކުރީ މުހައްމަދު ހަނޫން ހުސައިނު އެވެ.

"ރަމަޟާން މަހުގެ ފަހު ދިހައެއް" މި މައުޟޫއަށް މިއަދު ހުތުބާ އިއްވިއިރު، އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގެ އިތުރުން 24 މިސްކިތެއްގައި ޒުވާން ހަތީބުން މިއަދު އިމާމްވެ ހުކުރު ނަމާދު ކުރިއެެވެ.

Advertisement

Advertisement 1

މާލެގެ އިތުރު މިސްކިތްތަކުގައި ހުކުރު ނަމާދު ކުރި ހަތީބުން:

  1. މުހައްމަދު މަބާހް މުހައްމަދު (އިސްކަންދަރު މިސްކިތް)
  2. އާޔަން އަހުމަދު އިނާން (ޔޫސުފުލް ބަރުބަރީ މިސްކިތް)
  3. އިސްމާއިލް ރަޝީދު (ބިއްރި މިސްކިތް، ވިލިމާލެ)
  4. މުހައްމަދު ޔަޝައު މުސްތަފާ (ހަސަން އާދަމް މިސްކިތް، ހުޅުމާލެ 2)
  5. އަނަސް ބިން ހަސަން (އީމާން މިސްކިތް، ހުޅުމާލެ 2)
  6. އަހުމަދު އަލްތާފް މޫގިލް (ސަލާހުއްދީން މިސްކިތް)
  7. އަބްދުﷲ ޔައިސް މުހައްމަދު (އަސްދިގާ މިސްކިތް، ހުޅުމާލެ 1)
  8. އައްމާރު ބިން އިބްރާހިމް (އަމީލް ޖަލީލް މިސްކިތް، ހުޅުމާލެ 2)
  9. އިބްރާހިމް ޒާކިރު ޒަލީގް (ވާލިދައިން މިސްކިތް، ހުޅުމާލެ 1)
  10. ރައްޔާން މުހައްމަދު ރަޝީދު (މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ)
  11. އަހުމަދު ޔޫސުފް ބިން ސައީދު (ފުރުގާން މިސްކިތް)
  12. ހަމްޒާ ބިން ހަސަން (ނޫރު މިސްކިތް)
  13. އާކިފް އަބްދުއްސައްތާރު (ޝަހީދު އަލީ މިސްކިތް)
  14. މުހައްމަދު ދިނާޒް އަހުމަދު ޝަރީފް (ތައިބާ މިސްކިތް)
  15. ހަނީޒް ހަނީފް (ރަޝީދު މިސްކިތް، (ހުޅުމާލެ 1)
  16. އުވައިސް ބިން އިނާޒް (ޝައިހް ގާސިމް ބިން މުހައްމަދު އާލް ސާނީ މިސްކިތް)
  17. ހަސަން މާޒް އަލީ (އަޒީޒާ މިސްކިތް، ހުޅުމާލެ 1)
  18. އަހުމަދު މާދިން އަބްދުއްސަލާމް (އަބީބަކުރުނިއްސިއްދީގު މިސްކިތް، ހުޅުމާލެ 2)
  19. އަބްދުﷲ އަކްމަލް ރަޝީދު (އުސްމާން ބިން އައްފާން މިސްކިތް، ހުޅުމާލެ 2)
  20. ޒައިނުލް އާބިދީން ޔޫސުފް (ދުނބުރި މިސްކިތް)
  21. އާތިކް އަބްދުއްސައްތާރު (ފަނޑިޔާރު މިސްކިތް)
  22. މުހައްމަދު މަބާހް މުހައްމަދު (ބަންޑާރަ މިސްކިތް)ު
  23. މާޔިޒް ބިން މުސްތާގް (އިބްރާހީމީ މިސްކިތް)ު
  24. އިސްމާއިލް އިފްރާހް އިބްރާހިމް އަލީ (ޖަލާލުއްދީން މިސްކިތް)

ޒުވާން ހަތީބުން ތަމްރީނު ކުރުމަށް 2024 ވަނަ އަހަރު ފެށި މި ޕްރޮގްރާމާއެކު، މިހާތަނަށް 300 އަށް ވުރެ ގިނަ ކުދިން ވަނީ ތަމްރީނު ފުރިހަމަ ކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1،000 ހަތީބުން ތަމްރީނު ކުރުމެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމެއްގެ މަތިން ފެށި ޕްރޮގްރާމެކެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ މަގުސަދަކީ ދީނީ ދާއިރާއިން ޒުވާނުން ބިނާކުރުމެވެ.

މި ޕްރޮގްރާމުގައި ސްކޫލް ނިމިފައިވާ ޒުވާނުންގެ އިތުރުން ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުން ވެސް ބައިވެރިވެވޭނެ އެވެ. އެ ޕްރޮގަރާމްގެ ތަމްރީނުތަކުގައި ހުތުބާ ކިޔުމާއި، އިމާމުވެ ނަމާދުކުރުމުގެ އިތުރުން ދީނީ އެހެނިހެން މުހިންމު ކަންކަން ދަސްކޮށްދެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

ހުކުރު ޚުޠުބާމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުތުބާ: އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި މާތް ދުވަސް

"އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި ދުވަސް"

20 ގަޑިއިރު ކުރިން - 13:30

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

7 ދުވަސް ކުރިން - 13:05

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ހުތުބާގައި ގޮވާލައިފި

"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރޭ"

14 ދުވަސް ކުރިން - 13:00

ރިޝްވަތު ދިނުމާއި ޓެކުމާއި ޖުވާކުޅެގެން މުދާ ހޯދާ މީހުންނަށް ގިޔާމަތް ދުވަހުގައި އޮތީ ނަރަކައިގެ އަޒާބު: ހުތުބާ

"ހަރާމް ގޮތުގައި މުދާ ހޯދާ މީހުންނަށް ގިޔާމަތްދުވަހުގައި އޮތީ ނަރަކައިގެ އަޒާބު"

21 ދުވަސް ކުރިން - 13:03

ރުޅިވެރިކަމާއި، ނަފުރަތާއި، ހަސަދަވެރިކަން ދޫކޮށް ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

28 ދުވަސް ކުރިން - 13:08

ހައްޖުމަހުގެ 10 ދުވަހަށްވުރެ ހެޔޮ އަމަލުކުރަން ލޮބުވެތިވެގެންވާ ދުވަސްތަކެއް ނުވޭ: ހުތުބާ

ހައްޖުމަހުގެ 10ދުވަހު ހެޔޮއަމަލުކުރުން ގިނަކުރުމަށް ހުތުބާގައި އިލްތިމާސްކޮށްފި

35 ދުވަސް ކުރިން - 13:03