Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެޕަލުން ޖީބަށް ލުއި "މެކްބުކް ނިއޯ" ތައާރަފްކޮށްފި

އެޕަލުން ޖީބަށް ލުއި "މެކްބުކް ނިއޯ" ތައާރަފްކޮށްފި

ހައްވާ މިރުފާ
96 ދުވަސް ކުރިން - 6 މާޗް 2026 22:22
"މެކްބުކް ނިއޯ" --- ފޮޓޯ:އެޕަލް ކުންފުނި
"މެކްބުކް ނިއޯ" --- ފޮޓޯ:އެޕަލް ކުންފުނި
ޚުލާސާ

"މެކްބުކް ނިއޯ"އަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެޕަލުން ބާޒާރަށް ނެރުނު ފުރަތަމަ ބަޖެޓް މެކް، އަގު ވަނީ 599 ޑޮލަރަށް ތިރިކޮށްފަ،ތަފާތު ކުލަތަކެއްގައި ލިބެން ހުންނާނެ

ދިވެހިންގެ ތެރޭގައި އާއި މުޅި ދުނިޔޭގެ އެންމެ މަގުބޫލު އެޕަލުން، މިހާތަނަށް ބާޒާރަށް ނެރުނު އެންމެ އަގުހެޔޮ ލެޕްޓޮޕް "މެކްބުކް ނިއޯ" ތައާރަފްކޮށްފިއެވެ.

އެއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެޕަލުން ބާޒާރަށް ނެރުނު ފުރަތަމަ ބަޖެޓް މެކް އެވެ. އެޕަލުން އެންމެ އަގުހެޔޮކޮށް މެކްބުކެއް ވިއްކަމުން އައީ 999 ޑޮލަރަށެވެ. ނަމަވެސް އަލަށް ތައާރަފްކުރި "މެކްބުކް ނިއޯ" އާއެކު އެ އަގު ވަނީ 599 ޑޮލަރަށް ތިރިކޮށްފައެވެ.

ތަފާތު ރީތި ކުލަތަކެއްގައި ލިބެން ހުންނަ އެ ލެޕްޓޮޕަކީ އައިފޯން ގްރޭޑްގެ ޗިޕް ބޭނުންކޮށްގެން އުފައްދާފައިވާ، އުފުލައިގެން އުޅެން ފަސޭހަ ލުއި އުފެއްދުމެކެވެ. އަދި އެ އުފެއްދުމަކީ އަލަށް ލެޕްޓޮޕް ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ނެރޭ އެންޓްރީ ލެވަލްގެ ވިންޑޯޒް ލެޕްޓޮޕްތަކަށް ދިން ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ. އެޕަލުން ބުނީ އެ މެކްބުކަކީ ކްލާސްރޫމްތަކުގައި ބޭނުންކުރުމަށް ވަރަށް އެކަށީގެންވާ ލެޕްޓޮޕެއް ކަމަށެވެ.

Advertisement

Advertisement 1

ހަމައެއާއެކު މެކްބުކް ނިއޯގެ އިތުރުން، އެޕަލުން ވަނީ އައިފޯން 17 ގެ އަގުހެޔޮ ވާޝަނެއް ކަމަށްވާ "17އީ" އާއި، އާ އައިޕެޑް އެއާގެ އިތުރުން މެކްބުކް ޕްރޯގެ މުޅި ލައިން އެއްކޮށް އާކޮށް ބާޒާރަށް ނެރެފައެވެ.

އެހެންކަމުން އާ އުފެއްދުންތަކާއެކު އެޕަލްގެ އަމާޒަކީ އެ ކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ މީހުންގެ އަދަދު އިތުރުކޮށް، އަގުހެޔޮކޮށް ފެންވަރު ރަނގަޅު ޓެކްނޮލޮޖީ އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. އެޕަލުން ބުނާ ގޮތުގައި މެކްބުކް ނިއޯ އަކީ ބާޒާރުގައި މިހާރު ހުރި މިފަދަ އެހެން އުފެއްދުންތަކާ އަޅާބަލާއިރު ކުރުލަ ރީތި، ބާރުގަދަ އަދި ޖީބަށް ލުއި އުފެއްދުމަކަށް ވާނެއެވެ.

ވިޔަފާރިއެޕަލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ދުވާލަކު 600 މިލިއަން ޑޮލަރުގެ ގެއްލުމެއް!

ހަނގުރާމައިން ފަތުރުވެރިކަމަށް ދުވާލަކު 600 މިލިއަނުގެ ގެއްލުމެއް

90 ދުވަސް ކުރިން - 17:23

އެޓޯލް ބިޒްނަސް އެކްސްޕޯ އޭދަފުށީގައި ބާއްވަނީ

އެޓޯލް ބިޒްނަސް އެކްސްޕޯ އޭދަފުށީގައި ބާއްވަނީ

114 ދުވަސް ކުރިން - 17:07

ނޯތު ހާބަރުގައި ހަދާ ވަގުތީ މާރުކޭޓް އަންގާރަ ދުވަހު ހުޅުވަނީ

ނޯތު ހާބަރުގެ ވަގުތީ މާރުކޭޓް އަންގާރަދުވަހު ހުޅުވަނީ

115 ދުވަސް ކުރިން - 19:12

ބްރިކްސް އިން ގްލޯބަލް ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

ބްރިކްސްގެ ޕޭމަންޓް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

131 ދުވަސް ކުރިން - 11:43

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގާ ފީ ކުޑަކޮށްފި

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގާ ފީ ކުޑަކޮށްފި

133 ދުވަސް ކުރިން - 21:08

ބޮޑެތި ޑިސްކައުންޓުތަކާއި އެކު އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި

140 ދުވަސް ކުރިން - 12:46