Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް މުހައްމަދު އިޝާން އައްޔަންކޮށްފި

އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް މުހައްމަދު އިޝާން އައްޔަންކޮށްފި

އައިޝަތު ރުވާ ރިފްޢަތު
179 ދުވަސް ކުރިން - 5 މާޗް 2026 15:02
އެފްއައިޔޫގެ ވެރިޔާގެ މަގާމަށް އައްޔަންކުރެވުނު އިޝާން. / ފޮޓޯ: އެމްއެމްއޭ
އެފްއައިޔޫގެ ވެރިޔާގެ މަގާމަށް އައްޔަންކުރެވުނު އިޝާން. / ފޮޓޯ: އެމްއެމްއޭ
ޚުލާސާ

އޭނާ މި މަގާމަށް އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި ސާޖިދު މިއަހަރުގެ ކުރީކޮޅުގައި ވަކިކުރެއްވުމާ ގުޅިގެން. އިޝާން އަކީ މާލީ ދާއިރާގައި ތައުލީމީ އަދި ތަޖުރިބާހުރި ބޭފުޅެއް.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ގާއިމުކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފް.އައި.ޔޫ) ގެ އިސްވެރިޔާގެ މަގާމަށް މުހައްމަދު އިޝާން މިއަދު އައްޔަންކުރައްވައިފި އެވެ.

މި މަގާމަށް އިޝާން އައްޔަންކުރައްވާފައިވަނީ އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލުމަށް އެމް.އެމް.އޭގެ މުވައްޒަފުންގެ ތެރެއިން ހުޅުވާލުމުން، އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހުގަ އެވެ. އިޝާން މީގެ ކުރިން ހުންނެވީ އެމް.އެމް.އޭ ގެ ހެޑް އޮފް ފައިނޭންސްގެ މަގާމުގަ އެވެ.

އިޝާން އަކީ މާލީ ދާއިރާގައި ތައުލީމީ އަދި ތަޖުރިބާކާރު ޗާޓާޑް އެކައުންޓަންޓެކެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީ.އައި.އެމ.އޭ) ގެ އެސޯސިއޭޓް މެންބަރެއްގެ އިތުރުން، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ އެފިލިއޭޓް މެންބަރެއްވެސް މެ އެވެ.

Advertisement

Advertisement 1

2014 ވަނަ އަހަރު އެމް.އެމް.އޭ އާ ގުޅިވަޑައިގަތް އިޝާން ވަނީ އެ މުއައްސަސާގައި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މުހިންމު މަގާމުތަކެއް ފުރުއްވާފަ އެވެ. އޭގެ ތެރޭގައި ހެޑް އޮފް ކޯޕަރޭޓް އެކައުންޓްސް ސެކްޝަނާއި، ހެޑް އޮފް ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން ހިމެނެއެވެ. މި މަގާމުތަކުގައި އޭނާ ވަނީ މާލީ ކަންކަން ބެލެހެއްޓުމާއި މުއައްސަސާގެ އެތެރޭގެ ހިންގުމުގެ މުހިންމު ޒިންމާތަކެއް އުފުއްލަވާފަ އެވެ.

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމް.އެމް.އޭގައި ގާއިމުކޮށްފައިވާ މިނިވަން ޔުނިޓެކެވެ. ގާނޫނުގައިވާ ގޮތުން މި ޔުނިޓުގެ އިސްވެރިޔާ އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރަށެވެ.

އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް އާ ބޭފުޅަކު މި އައްޔަންކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި އިސްމާއިލް ސާޖިދުގެ މައްޗަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ސާބިތުވެ، މިއަހަރުގެ ޖެނުއަރީ މަހު އޭނާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ސާޖިދު މަގާމުން ވަކިކުރަން ނިންމީ އެމް.އެމް.އޭގެ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ކޮމިޓީން އެ މައްސަލަ ބަލައި، އޭނާ މަގާމުގައި ބަހައްޓަން ނުފެންނަކަމަށް ނިންމުމާ ގުޅިގެންނެވެ.

އެމްއެމްއޭފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓުމުހައްމަދު އިޝާން (އެމްއެމްއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

3 ދުވަސް ކުރިން - 11:46

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

6 ދުވަސް ކުރިން - 11:40

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

7 ދުވަސް ކުރިން - 14:50

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

7 ދުވަސް ކުރިން - 13:54

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭ އިން އާންމުކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އާންމުކޮށްފި

8 ދުވަސް ކުރިން - 18:51

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

10 ދުވަސް ކުރިން - 16:40