Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަމަލާތައް ވަރުގަދަވުމާ ގުޅިގެން ހާމަނާއީގެ ޖަނާޒާ ފަސްކޮށްފި

ހަމަލާތައް ވަރުގަދަވުމާ ގުޅިގެން ހާމަނާއީގެ ޖަނާޒާ ފަސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
192 ދުވަސް ކުރިން - 4 މާޗް 2026 23:52
އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވެފައިވަނީ އެމެރިކާ އާއި އިސްރާއީލުން ތެހެރާނަށް އަމާޒުކޮށް ފެށި ވައިގެ ހަމަލާތަކުގެ ތެރޭގައި.
އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވެފައިވަނީ އެމެރިކާ އާއި އިސްރާއީލުން ތެހެރާނަށް އަމާޒުކޮށް ފެށި ވައިގެ ހަމަލާތަކުގެ ތެރޭގައި.
ޚުލާސާ

ޖަނާޒާ ފަސްކުރީ ރަސްމިއްޔާތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީ، އެކަމަށް ބޭނުންވާ އިންތިޒާމުތައް ފުރިހަމަކުރުމަށްޓަކައި.

އިޒްރޭލާއި އެމެރިކާގެ ފައުޖުތަކުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާތީ، އެ ގައުމުގެ މަރުހޫމް ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ފަސްކޮށްފި ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.

އީރާނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ތެހެރާންގެ މިސްކިތެއްގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީ، އެކަމަށް ބޭނުންވާ އިންތިޒާމުތައް ފުރިހަމަކުރުމަށްޓަކައި ޖަނާޒާ ފަސްކުރަން ނިންމީ އެވެ. ކުރިން ރޭވިފައި އޮތީ ބުދަ ދުވަހުގެ ރޭ މި ރަސްމިއްޔާތުތައް ފެށުމަށެވެ.

އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވީ މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ތެރޭގަ އެވެ.

Advertisement

Advertisement 1

އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އިޒްރޭލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފަ އެވެ. މި ހަމަލާތަކުގެ ތެރޭގައި ކުވޭތުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުނު މިސައިލް ބުރިއަކުން ޖެހި، ކުޑަ އަންހެން ކުއްޖަކު މަރުވެފައިވާ ކަމަށް ކުވޭތުގެ ހެލްތު މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މީގެ އިތުރުން، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ހާމަކުރެއްވި ގޮތުގައި، އިންޑިއާ ކަނޑުގެ ތެރެއިން ސްރީލަންކާގެ އައްސޭރިފަށާ ދުރުގައި އޮތް އީރާނުގެ "އައިރިސް ދޭނާ" ނަމަކަށް ކިޔާ މަނަވަރަކަށް އެމެރިކާގެ ސަބްމެރިންއަކުން ހަމަލާދީ ވަނީ ފައްތާލާފަ އެވެ. ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ އެއާ ވައިސް މާޝަލް ސަމްޕަތު ތުއްޔާކޮންތާ ވިދާޅުވި ގޮތުގައި، މި ހާދިސާގައި މަރުވި 80 މީހެއްގެ ހަށިގަނޑު މިހާތަނަށް ވަނީ ފެނިފައެވެ. އަދި 32 މީހަކު ސަލާމަތްކުރެވިފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ވަނީ ގެއްލިފަ އެވެ.

ޕީޓް ހެގްސެތު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އީރާނުގެ ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއާއި އިޒްރޭލުން ހޯދާނެ ކަމަށެވެ. އަދި މިއީ ހަމަހަމަ ހަނގުރާމައެއް ނޫން ކަމަށާއި، އީރާނު ބަލިކަށިވެފައިވާ ވަގުތެއްގައި ވަރުގަދަ ހަމަލާތަކެއް ދެމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރިޖާނީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޓްރަމްޕް ވަނީ އެމެރިކާގެ ރައްޔިތުން އިންސާފެއް ނެތް ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވައްޓާލާފައި ކަމަށެވެ.

ހާމަނާއީއީރާން ކްރައިސިސް 2026އީރާން - އެމެރިކާއީރާންއިސްރާއީލްއެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

24 ގަޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ތެޔޮ ޓޭންކަރަކަށް އީރާނުގެ ބާރުގަދަ ހަމަލާތަކެއް!

24 ގްޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ޓޭންކަރަކަށް އީރާނުން ހަމަލާދީފި

1 ދުވަސް ކުރިން - 22:06

9/11 ބޭނުންކޮށް އީރާނު ހަނގުރާމަ ޓްރަމްޕް ދިފާއުކުރައްވައިފި

9/11 ބޭނުންކޮށް އީރާނު ހަނގުރާމަ ޓްރަމްޕް ދިފާއުކުރައްވައިފި

1 ދުވަސް ކުރިން - 21:40

މިޑްޓާމް ދެއިންތިހާބު ކާމިޔާބުވެއްޖެނަމަ، އެމެރިކާގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 5,000 ޑޮލަރު ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މިޑްޓާމް ދެއިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5,000 ޑޮލަރު

2 ދުވަސް ކުރިން - 14:06

އީރާނުން އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

2 ދުވަސް ކުރިން - 09:30

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއް ބަންދުކޮށް، "ނޯ-ގޯ ޒޯން" އެއް އިޢުލާންކޮށްފި!

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގައިފި

2 ދުވަސް ކުރިން - 08:37

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

3 ދުވަސް ކުރިން - 12:02