Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީރާނުގެ ދިފާޢީ އިސް ވެރިން ތަކެއް ވެސް މަރާލައިފި

އީރާނުގެ ދިފާޢީ އިސް ވެރިން ތަކެއް ވެސް މަރާލައިފި

ހުސައިން އިސްމާއިލް
102 ދުވަސް ކުރިން - 1 މާޗް 2026 10:31
ނިއުކްލިއާ މަޝްވަރާގައި ހިމެނޭ ޚާމަނާއީގެ ގާތް މުޝީރު އަލީ ޝަމްޚާނީ ވެސް މަރުވެއްޖެ ކަމަށް ކަށަވަރު ވެއްޖެ
ނިއުކްލިއާ މަޝްވަރާގައި ހިމެނޭ ޚާމަނާއީގެ ގާތް މުޝީރު އަލީ ޝަމްޚާނީ ވެސް މަރުވެއްޖެ ކަމަށް ކަށަވަރު ވެއްޖެ
ޚުލާސާ

ނިއުކްލިއާ މަޝްވަރާގައި ހިމެނޭ ޚާމަނާއީގެ މުޝީރު ވެސް ވަނީ މަރާލާފަ. މީގެ އިތުރުން މިސައިލްތަކާއި ބެހޭ އެންމެ އިސް އެކަކު ވެސް ވަނީ މަރާލާފަ

އީރާނުގެ މުހިއްމު އެތައް ސައިޓަކަށް އެމެރިކާ އާއި އިސްރާއީލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި އީރާނުގެ ދިފާއީ ދާއިރާގެ އިސް ބައެއް އޮފިޝަލުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ މީހުންގެ ތެރޭގައި އީރާނުގެ ޑިފެންސް ކައުންސިލްގެ ސެކްރެޓަރީ އަދި ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ގާތް މުޝީރެއް ކަމަށްވާ އަލީ ޝަމްޚާނީ ވެސް ހިމެނެއެވެ.

އީރާނުގެ މީޑިއާތަކާއި ބައިނަލްއަގްވާމީ ރިޕޯޓްތައް ބުނާ ގޮތުގައި ޝަމްޚާނީ މަރާލާފައި ވަނީ އަސްކަރިއްޔާގެ މަތީ ފެންވަރުގެ ވެރިންނާއި ސިޔާސީ އިސް ވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކުގެ ތެރެއިންނެވެ.

އުމުރުން 70 އަހަރުގެ ޝަމްޚާނީ އަކީ އީރާނުގެ ސަލާމަތީ މުއައްސަސާގެ އެންމެ ނުފޫޒުގަދަ އެއް ފަރާތެއްގެ ގޮތުގައި ބެލެވޭ އަދި ދާދި ފަހުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާތަކުގައި ބައިވެރިވި އެކަކު ކަމަށް ވެއެވެ. މީގެ ކުރިން ޑިފެންސް މިނިސްޓަރުކަން ބެސް އޭނާ ކުރެއްވިއެވެ.

Advertisement

Advertisement 1

އަދި ހަމަ އެ ހަމަލާތަކުގައި ބާރުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކޮމާންޑަރު މުހައްމަދު ޕަކްޕޫރު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕަކްޕޫރަކީ އީރާނުގެ އެންމެ އިސް އަސްކަރީ ލީޑަރުންގެ ތެރެއިން އެކަކު ކަމަށް ވެއެވެ. އަދި އައިއާރުޖީސީގެ އަސްކަރީ އޮޕަރޭޝަންތަކާއި މިސައިލް ފޯސްތައް ބެލެހެއްޓުމުގެ އެންމެ އިސް ލީޑަރެވެ.

އިސްރާއީލުން ބުނީ އެމީހުންގެ މި ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ މިސައިލް އަދި ނިއުކްލިއާ ޕްރޮގްރާމްތަކާއި ގުޅުން ހުރި އީރާނުގެ ސަލާމަތީ އަދި ދިފާއީ ދާއިރާގެ އިސް އޮފިޝަލުންތަކަކަށެވެ. އިތުރު ބައެއް ކޮމާންޑަރުންނާއި އެޑްވައިޒަރުން ވެސް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާން - އެމެރިކާއީރާންއީރާން ކްރައިސިސް 2026
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުގެ ބޯޓަކަށް އެމެރިކާ އިން ހަމަލާ ދިނުމުން އޭގަތިބި އެންމެން އީރާނުން ސަލާމަތްކޮށްފި

އީރާނުގެ ބޯޓަކަށް އެމެރިކާ އިން ހަމަލާ ދިނުމުން އޭގަތިބި އެންމެން ސަލާމަތްކޮށްފި

3 ގަޑިއިރު ކުރިން - 14:09

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

1 ދުވަސް ކުރިން - 13:13

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

1 ދުވަސް ކުރިން - 11:26

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

3 ދުވަސް ކުރިން - 17:27

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

3 ދުވަސް ކުރިން - 12:57

އީރާނަށް ޙަމަލާދޭން އިޒުރޭލުން ޖެހިލުން ވެއްޖެ

އީރާނަށް ޙަމަލާދޭން އިޒުރޭލުން ޖެހިލުން ވެއްޖެ

3 ދުވަސް ކުރިން - 02:57