އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ އަންހެން ދަރިކަނބަލުންނާއި އެ ދަރިކަނބަލުންގެ ފިރިކަލުންނާއި ކާފަދަރިކަލުން ވެސް އަވަހާރަ ކޮށްލައިފިއެވެ.
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުގައި އާޔަތުالله އަލީ ޚާމަނާއީ ވެސް ވަނީ އަވަހާރަ ވެފައެވެ.
1989 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި އުމުރުން 86 އަހަރުގެ ސުޕްރީމް ލީޑަރު އަވަހާރަކޮށްލުމާއި ގުޅިގެން ދައުލަތުގެ ޓީވީން މިއަދު ވަނީ 40 ދުވަހަށް ހިތާމަ ފާޅުކުރަން ނިންމައި މިއަދުން ފެށިގެން ކުރޮޔަށް އޮތް 7 ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްގެ ގޮތުގައި އިއުލާންކޮށްފަ އެވެ.
މީގެ އިތުރުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ޚާމަނާއީގެ "ޤާތިލުންނަށް" އަދަބު ދޭނެ ކަމަށް ބުނެ ހުވައި ކޮށްފައެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުގައި ސުޕްރީމް ލީޑަރުގެ އަންހެން ދަރިފުޅާއި ކޮއްކޮ އަދި ކާފަދަރިފުޅު ވެސް މަރުވެފައިވެ އެވެ.










