އެމެެރިކާ އާއި އިސްރާއީލުން މިއަދު ދިން ޙަމަލާތަކުގައި އީރާނުން މިހާތަނަށް 201 މީހުން މަރުވެއްޖެ ކަމަށް ތެހެރާނުން ބުނެފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ އާއި އިސްރާއީލުން ކޯޑިނޭޓްކޮށްގެން ދިން ހަމަލާތަކުގައި އިތުރު 747 މީހުން ވަނީ ޒަޚަމް ވެފައެވެ.
އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީ އިން ބުނީ 24 ސްޓޭޓެއްގައި މަރުވެ ޒަޚަމްވި މީހުން ތިބި ކަމަށާއި އެންމެ ނުރައްކާތެރި ޙަމަލާ އަކީ ސްކޫލަކަށް ދިން ޙަމަލާ ކަމަށެވެ.


އަސްކަރީ މަރުކަޒު ތަކާއި މުހިންމު ނިއުކްލިއާ ސައިޓްތަކަށް އަމާޒުކޮށްގެން އެމެރިކާއާއި އިސްރާއީލުން ގުޅިގެން ޙަމަލާ ދިނީ ތެހެރާން، އިސްފާހާން، ތަބްރީޒް، ކަރމަންޝާހް އަދި ޤޯމް ފަދަ ބޮޑެތި ސިޓީ ތަކަށެވެ.
އިރާނުން ދަނީ ރައްދުގައި ޙަމަލާތައް ދެމުންނެވެ.








