އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ކުއްލި ބައްދަލުވުމެއް ބާއްވަނީ

އައިޝަތު ރުވާ ރިފްޢަތު | 7 ގަޑިއިރު ކުރިން - 28 ފެބްރުއަރީ 2026 20:24
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް---
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް---
ޚުލާސާ

ގުޓަރޭސް ވަނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައި، މި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދަށް ބޮޑު ހަނގުރާމައެއް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވާފަwi.

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެންނާއި، މެދުއިރުމަތީގައި މަސްރަހު ގޯސްވަމުންދާތީ، އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދުގެ ވަގުތެއްގައި ބޭއްވުމަށް ނިންމައިފި އެވެ.

މި ބައްދަލުވުން ބޭއްވުމަށް ތައްޔާރުވަމުންދަނީ އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނުގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު، މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު އިތުރަށް ފުޅާވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިކަމާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ހާއްސަ ބަޔާނެއް ނެރުއްވާފައެވެ. ގުޓަރޭސް ވަނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައި، މި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދަށް ބޮޑު ހަނގުރާމައެއް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި މިފަދަ ހަނގުރާމައެއްގެ ސަބަބުން އާންމު ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، ސަރަހައްދީ ހަމަޖެހުން މުޅިން ގެއްލިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އދ. ގެ ހުރިހާ މެންބަރު ގައުމުތަކަކުން ވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށާއި އދ. ގެ ޗާޓަރަށް ފުރިހަމައަށް އިހުތިރާމްކުރަންޖެހޭނެ ކަމަށް ގުޓަރޭސް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، އެއްވެސް ގައުމެއްގެ ސަރަހައްދީ ނުވަތަ ސިޔާސީ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރުމަކީ އދ. ގެ ޗާޓަރުގެ ދަށުން މަނާކަމެއްކަން ސެކްރެޓަރީ ޖެނެރަލް ވަނީ ހަނދާންކޮށްދެއްވާފަ އެވެ.

މި ބައްދަލުވުމުގައި މެދުއިރުމަތީގެ މިހާރުގެ ހާލަތާ މެދު މަޝްވަރާކޮށް، އިތުރު ހަމަލާތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު ގޮތްތަކެއް ނިންމާނެ ކަމަށް ބެލެވެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%