Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މެމްބަރު މައުރޫފާއި އިތުރު ދެ މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

މެމްބަރު މައުރޫފާއި އިތުރު ދެ މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

މުހައްމަދު ޖަމްޝަތު
102 ދުވަސް ކުރިން - 28 ފެބްރުއަރީ 2026 15:51
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލިސް ޖަލްސާއެއްގައި---ފޮޓޯ:މަޖިލިސް
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލިސް ޖަލްސާއެއްގައި---ފޮޓޯ:މަޖިލިސް
ޚުލާސާ

ދައުވާ ކުރަން ފޮނުވީ އެމްޑީޕީން ބޭއްވި ''ލޫޓުވައިފި'' މުޒާހަރާގައި ފުލުހުންނާ ކުރިމަތިލައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި މައްސަލައިގައި

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި މައުރޫފްގެ އިތުރުން ދައުވާކުރަން ފޮނުވާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އާއި ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްޗަށެވެ.

ފުލުހުން މި ތިން މީހުންނަށް ފޮނުވި މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައިވާ ގޮތުން، މި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ތިން މީހުންގެ މައްޗަށްވެސް ފުލުހުން އުފުލާފައިވަނީ ޣައިރު ގާނޫނީ އެއްވުމެއް ރޫޅާލުމަށް އުޅޭ މީހާއަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

Advertisement

Advertisement 1

މި ދައުވާތަކަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރި މުޒާހަރާއަކާ ގުޅިގެން ކުރާ ދައުވާތަކެކެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ރޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މަގުތަކަށް އެއްވެ، އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ހުރަސްއެޅޭ ގޮތަށް ވަނީ އަމަލުކޮށްފައެވެ.

މީގެ އިތުރުން، އެ އެއްވުން ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށްވެސް ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. އެ ރޭގެ މުޒާހަރާއާ ގުޅިގެން މައުރޫފާއި ޒާޔާގެ އިތުރުން އެހެން ބަޔަކުވެސް ހައްޔަރުކުރިކަން ފާހަގަކޮށްލެވެއެވެ.

މެމްބަރު މައުރޫފް ޒާކިރަކީ މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީއެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެންވެސް ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްއެމްޑީޕީސިޔާސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

2 ދުވަސް ކުރިން - 17:20

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

4 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

4 ދުވަސް ކުރިން - 10:25

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

7 ދުވަސް ކުރިން - 07:30

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ނިމިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު؛ ހަރަދުކުރީ އެމްޑީޕީ ސަރުކާރުން ނެގިހާ ލޯނެއް އަދާކުރުމަށް

ނިމިދިޔަ އަހަރު ލިބުނުހާ އާމްދަނީއެއް ހަރަދުކުރީ އެމްޑީޕީން ނެގިހާ ލޯނުތައް އަދާކުރުމަށް

8 ދުވަސް ކުރިން - 11:31