Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިދިކޮޅު ހައެތިން ބަލިކުރުމަށް ޓީމް ޔޫކޭ ކޮމަލާފުށްޓަށް! ކައުންސިލް ޕީއެންސީއަށް ކާމިޔާބުކޮށްދިނުމުގެ ވަރުގަދަ ކެމްޕޭނެއް ފަށައިފި

އިދިކޮޅު ހައެތިން ބަލިކުރުމަށް ޓީމް ޔޫކޭ ކޮމަލާފުށްޓަށް! ކައުންސިލް ޕީއެންސީއަށް ކާމިޔާބުކޮށްދިނުމުގެ ވަރުގަދަ ކެމްޕޭނެއް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
139 ދުވަސް ކުރިން - 27 ފެބްރުއަރީ 2026 20:43
ކޮލަމާފުށިން ޕީއެންސީއަށް ތާއިދުކުރާ ގިނަ އަދަދެއްގެ ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން---
ކޮލަމާފުށިން ޕީއެންސީއަށް ތާއިދުކުރާ ގިނަ އަދަދެއްގެ ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން---
ޚުލާސާ

ޓީމް ޔޫކޭއިން ބުނި ގޮތުގައި، އޭޕްރީލް 4ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ކޮލަމާފުށީގެ ބޮޑު އިންސައްތައެއް ވޯޓު އަޅާނީ ޕީއެންސީގެ ރަމްޒު ކަމުގައިވާ "ދޫންޏާ" ދިމާލުގައި ފާހަގަޖަހައިގެން.

ގއ. ކޮލަމާފުށީގައި މިހާރު އޮތް އެމްޑީޕީގެ ކައުންސިލް ބަދަލުކޮށް، ސަރުކާރު ހިންގާ ޕީއެންސީގެ ކައުންސިލެއް އިންތިހާބު ކުރުމުގެ ވަރުގަދަ އަޒުމުގައި އެރަށުގެ ޒުވާނުންގެ މެދުގައި މަޝްހޫރު "ޓީމް ޔުނައިޓެޑް ކޮލަމާފުށި" (ޓީމް ޔޫކޭ) މިއަދު އެރަށަށް ފުރައިފި އެވެ.

މި ދަތުރަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި، ރަށުގައި ސަރުކާރު ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ކުރާ ދަތުރެކެވެ. ޓީމް ޔޫކޭގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، ރަށުގައި ޕީއެންސީގެ ކުލަގަދަ ކުރުމާއި، ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރުމުގެ އިތުރުން ވޯޓު ހޯދުމުގެ މަސައްކަތްތައް މިއަދުން ފެށިގެން މެދުނުކެނޑި ކުރިއަށްދާނެ އެވެ.

ޓީމް ޔޫކޭއިން ބުނި ގޮތުގައި، އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ކޮލަމާފުށީގެ ބޮޑު އިންސައްތައެއް ވޯޓު އަޅާނީ ޕީއެންސީގެ ރަމްޒު ކަމުގައިވާ "ދޫންޏާ" ދިމާލުގައި ހެޔޮ ފާހަގަ ޖަހައިގެންނެވެ.

Advertisement

Advertisement 1

މި މުހިންމު ކެމްޕެއިން ދަތުރުގައި ކޮލަމާފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ދީދީ އާއި، ޔޫތު މިނިސްޓްރީގެ އެޑްވައިޒަރު އަހްމަދު ނަރީޝްގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ލިބުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ރާއްޖޭގެ 57 ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ. ބުރާސްފަތި ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ތަރާވީހެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ތަރައްގީގެ ދުވެލި ބާރުކުރުމަށްޓަކައި އޭޕްރީލް 4 ގައި އޮންނަ ވޯޓުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ގއ. ކޮލަމާފުށިޕީއެންސީލޯކަލް ކައުންސިލް އިންތިޚާބު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލައިފި

5 ދުވަސް ކުރިން - 18:55

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

5 ދުވަސް ކުރިން - 15:25

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ކިއު ބަންދުވާނެ

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ބަންދުވާނެ

5 ދުވަސް ކުރިން - 15:17

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

6 ދުވަސް ކުރިން - 23:00

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން

12 ދުވަސް ކުރިން - 21:23

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

32 ދުވަސް ކުރިން - 00:49