ސިޓީ ކައުންސިލުން ވީރާނާވާން ދޫކޮށްލާފައިވާ ސުނާމީ ބިނާ، ޖުމްހޫރީ މައިދާން އަދި ސަލްޓަން ޕާކު އީދަށް ނިންމަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 13 ގަޑިއިރު ކުރިން - 27 ފެބްރުއަރީ 2026 14:12
ސުނާމީ ބިނާ މައިޒާން. / ފޮޓޯ: ޚުލާސާ
ސުނާމީ ބިނާ މައިޒާން. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ތަންތަނަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލެއަށް ޒިޔާރަތްކުރާ މީހުންނަށް ނުހަނު ބޭނުންތެރި، އަދި ގައުމީ ތާރީހާ ގުޅިފައިވާ މުހިންމު ތަންތަން ކަމަށް ރައީސް ފާހަގަކުރެއްވި.

މާލޭގެ މުހިންމު ބައެއް ބިނާތަކާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތައް މަރާމާތުކޮށް، ކުރިއަށް އޮތް ފިތުރު އީދަށް އެ ތަންތަން ބޭނުންކުރެވޭ ގޮތަށް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް އެކަށީގެންވާ އަޅާލުމެއް ނުލިބި ވީރާނާވާން ދޫކޮށްލާފައިވާ ބައެއް ތަންތަނުގެ މަސައްކަތްތައް ސަރުކާރުން ހަވާލުވެ ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ ސުނާމީ ބިނާ ހުރި ސަރަހައްދާއި، ޖުމްހޫރީ މައިދާން އަދި ސަލްޓަން ޕާކެވެ.

ޕީއެންސީން ބުރާސްފަތި ދުވަހުގެރޭ އާޓީފިޝަލް ބީޗުގައި ބޭއްވި ތަރާވީހެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ތަންތަނަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލެއަށް ޒިޔާރަތްކުރާ މީހުންނަށް ނުހަނު ބޭނުންތެރި، އަދި ގައުމީ ތާރީހާ ގުޅިފައިވާ މުހިންމު ތަންތަނެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި މި ތަންތަން ބެލެހެއްޓުމުގައި އިހުމާލުވެފައިވުމުގެ ސަބަބުން، ތަންތަނުގެ ރީތިކަން ގެއްލި ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ޖުމްހޫރީ މައިދާން. / ފޮޓޯ: ޚުލާސާ

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އީދުގެ ބަންދަށް މާލޭގެ މައިދާންތަކާއި ޕާކުތަކަކީ އާއިލާތަކަށް އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭނެ ފަދަ ހިތްފަސޭހަ ތަންތަނަށް ހެދުމެވެ. މިގޮތުން ޖުމްހޫރީ މައިދާނުގެ ފެންއަރުވާލި މަރާމާތުކުރުމާއި، ސުނާމީ ބިނާ ސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށް ރައީސް ޔަގީންކަން ދެއްވި އެވެ.

މާލޭގެ މަލަމަތި ރީތިކުރުމާއި، އާންމު ހިތްފަސޭހަ ސަރަހައްދުތައް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން މޭޔަރަކަށް ހުންނެވި އިރު، އަދި އޭގެ ކުރިން މިނިސްޓަރަކަށް ހުންނެވި އިރު ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތެކެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%