Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމެރިކާއިން މަހަކު ދެކުނު އެފްރިކާގެ 4,500 ދޮން މީހުން ރެފިއުޖީންގެ ގޮތުގައި އެގައުމަށް ގެންނަން ނިންމައިފި

އެމެރިކާއިން މަހަކު ދެކުނު އެފްރިކާގެ 4,500 ދޮން މީހުން ރެފިއުޖީންގެ ގޮތުގައި އެގައުމަށް ގެންނަން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
104 ދުވަސް ކުރިން - 27 ފެބްރުއަރީ 2026 05:07
ދެކުނު އެފްރިކާއިން މިދިޔަ އަަހރު އެމެރިކާއަށް އެތެރެވި ރެފިއުޖީންތަކެއް---
ދެކުނު އެފްރިކާއިން މިދިޔަ އަަހރު އެމެރިކާއަށް އެތެރެވި ރެފިއުޖީންތަކެއް---
ޚުލާސާ

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ރެފިއުޖީ އެޑްމިޝަން ޕްރޮގްރާމްގެ ދަށުން.

ދެކުނު އެފްރިކާގައި ދިރިއުޅޭ ދޮން ނަސްލުގެ މީހުންގެ ތެރެއިން މަހަކު 4،500 މީހުން ރެފިއުޖީންގެ ގޮތުގައި އެމެރިކާއަށް އެތެރެކުރުމުގެ މަޝްރޫއެއް އެމެރިކާ ސަރުކާރުން އެކުލަވާލައިފި އެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް ލިބިފައިވާ ރަސްމީ ލިޔެކިއުންތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ ދެކުނު އެފްރިކާގައި ދޮން ނަސްލުގެ މީހުންނަށް ކުރިމަތިވަމުންދާ ނުރައްކާތަކާއި ތަފާތުކުރުންތަކުން އެމީހުން ސަލާމަތްކުރުމަށް އެމެރިކާ ސަރުކާރުން އެޅި ފިޔަވަޅެކެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ރެފިއުޖީ އެޑްމިޝަން ޕްރޮގްރާމްގެ ދަށުންނެވެ. މިގޮތަށް ކަނޑައެޅިފައިވާ މީހުންނަކީ ދެކުނު އެފްރިކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ބިމުގެ މައްސަލަތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ އާއިލާތަކެއް ކަމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ފާހަގަކުރެ އެވެ.

Advertisement

Advertisement 1

މި ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ ދާއިރާގައި އެކި ފަރާތްތަކުން އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން މި ފިޔަވަޅަކީ އިންސާނީ ހައްގުތަކަށްޓަކައި އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރާއިރު، އަނެއް ބަޔަކު ދެކޭގޮތުގައި މިއީ ވަކި ނަސްލަކަށް އިސްކަންދީގެން ނިންމާފައިވާ ނިންމުމެކެވެ.

އެމެރިކާ ސަރުކާރުން ބުނެފައިވަނީ، މި މަޝްރޫއުގެ ދަށުން ގެންނަ މީހުންނަށް ބޭނުންވާ ވަސީލަތްތަކާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ގުރޫޕް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެމެރިކާއަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.

އެމެރިކާ ސަރުކާރުގެ މި ނިންމުމާ ގުޅިގެން އެގައުމުގެ ސަރުކާރަކީ ނަސްލީ ތަފާތުކުރުންތައް ބޮޑު ސަރުކާރެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ދަނީ ދެކެމުންނެވެ. މިދިޔަ އަހަރު މެއި މަހު ދެކުނު އެފްރިކާއިން އެމެރިކާއަށް ރެފުއިޖީންގެ ގޮތުގައި 59 ދޮން މީހުން އެތެރެކޮށްފައިވެ އެވެ.

އެމެރިކާދެކުނު އެފްރިކާރެފިއުޖީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

21 ގަޑިއިރު ކުރިން - 11:23

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

1 ދުވަސް ކުރިން - 10:24

އެމެރިކާއިން އީރާނަށް ވިސާ ދިނީ މެކްސިކޯގައި ބޭސް ވެގެން ތިބުމަށް މަޖުބޫރުކޮށްފަ

ވިސާ ދިނީ އީރާން ޓީމް މެކްސިކޯގައި ބޭސްވެގެން ތިބުމަށް މަޖުބޫރުކޮށްފަ

3 ދުވަސް ކުރިން - 09:14

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

6 ދުވަސް ކުރިން - 11:09

ކެލިފޯނިއާގައި މީހުން ރަހީނުކުރި މީހަކު އެފް.ބީ.އައި އިން ބަޑިޖަހައި މަރާލައިފި

ކެލިފޯނިއާގައި މީހުން ރަހީނުކުރި މީހަކު އެފް.ބީ.އައި އިން ބަޑިޖަހައި މަރާލައިފި

7 ދުވަސް ކުރިން - 22:13

ވޯލްޑް ކަޕް ބާއްވާ ސްޓޭޑިއަމްތަކުގެ ތަފްސީލް ހާމަކޮށްފި

ވޯލްޑް ކަޕް ބާއްވާ ސްޓޭޑިއަމްތަކުގެ ތަފްސީލް ހާމަކޮށްފި

7 ދުވަސް ކުރިން - 21:03