ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް އިއްޔެ ހުޅުވައިފިއެވެ.
އުރީދޫއިން ބުނީ މި އެކްސްޕީރިއަންސް ސެންޓަރުން ކަސްޓަމަރުންނަށް ސިމްކާޑު ރަޖިސްޓްރީ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޑިވައިސް ގަތުމާއި ޕާސަނަލައިޒްޑް ކަސްޓަމާ ސަޕޯޓް ފަދަ ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.
އުރީދޫއިން ވަނީ މިފަދަ އެކްސްޕީރިއަންސް ސެންޓަރުތަކަކީ ތަމްރީނު ލިބިފައިވާ އުރީދޫގެ ފަންނުވެރިންގެ ޓީމަކުން އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ސެންޓަރުތަކެއް ކަމަށް ބުނެފައެވެ.
ދެވަނަ ފިޔަވަހީގައި ހުޅުވި މި ސެންޓަރުގެ ޚިދުމަތް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު 13:00 އިން 16:00 އަށް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ މި ސެންޓަރުތަކަކީ އިން ޕާސަން ޚިދުމަތް ދިނުމުގެ އިތުރުން އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިރުޝާދުދީ، އެމް ފައިސާ މޯބައިލް ޕޭމަންޓް އަދި އުރީދޫ އެޕް ބޭނުންކުރާނެ ގޮތް ކަސްޓަމަރުންނަށް ކިޔާދޭ ސެންޓަރުތަކެއް ކަމަށެވެ.









