ރައީސްގެ މެޑެެއްޔާއި އިނާމު މިއަހަރު 50 ހާފިޒުންނަށް

މަރްޔަމް މާޙީ | 3 ދުވަސް ކުރިން - 26 ފެބްރުއަރީ 2026 13:38
މިދިޔަ އަހަރުގެ ރަސްކިއްޔާތުގައި މެޑައްޔާއި އިނާމު ލިބުނު ހާފިޒުން--- ފޮޓޯ: މިނިސްޓްރީ
މިދިޔަ އަހަރުގެ ރަސްކިއްޔާތުގައި މެޑައްޔާއި އިނާމު ލިބުނު ހާފިޒުން--- ފޮޓޯ: މިނިސްޓްރީ
ޚުލާސާ

ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު ލިބިވަޑައިގަންނަވަނީ 50 ހާފިޒުންނަށް

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ މެޑެއްޔާއި އިނާމު މިއަހަރު 50 ހާފިޒުންނަށް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. 

ކީރިތި ޤުރްއާން ހިތުދަސްކުރި ހާފިޒުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވާ ޙާއްސަ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 1 މާޗް 2026 ވާ އާދީއްތަ ދުވަހުގެ ރެއެވެ.

ރައީސް އޮފީހުން ބުނީ މެޑެއްޔާއި އިނާމު ދެއްވުން އޮންނާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގައި މިކަމަށްޓަކައި އެ ރޭ ބާއްވަވާ ހާއްސަ ޖަލްސާގައެވެ.

ކީރިތި ގުރުއާން ހިތުދަސްކުރި ހާފިޒުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައެވެ. އެ އަހަރު 28 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިވަޑައިގެންނެވިއެވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގައި ތިބި ހާފިޒުންގެ އަދަދު 500 އަށް އިތުރުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގައި ތިބި ހާފިޒުންގެ އަދަދު 291 އަށް އަރާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ. ބުނެފައެވެ.

ކީރިތި ގުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުންނާއި, ގުރުއާނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށްޓަކައި، ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޖޫން މަހުން ފެށިގެން ހާފިޒުންނަށް ދޭ އެލަވަންސް ވެސް ދެގުނަ ބޮޑުކޮށްދެއްވާފައެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%