Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހުސައިން އިސްމާއިލް
106 ދުވަސް ކުރިން - 14 މެއި 2026 14:22
ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.
ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.
ޚުލާސާ

ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ވަނީ ސަޢުދީން ދިވެހި ސަރުކާރާއި ބަހައްޓަވާ ގާތްކަމާއި ޙާޖީންގެ އިންތިޒާމުތައް ހަރުދަނާކުރައްވަން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފަ.

ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ފަރާތުން ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި މުހިއްމު ބައްދަލުކުރެއްވުމެއް ބާއްވައިފިއެވެ. ޖިއްދާގައި ހުންނަ އެ މިނިސްޓްރީގެ ހެޑްކުއާޓާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޙައްޖުވެރިންގެ ކަންކަން އިތުރަށް ހަރުދަނާކުރުމާއި، ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމެވެ.

މި ބައްދަލުކުރެއްވުމުގައި މައްކާގައި ޤާއިމުކޮށްފައިވާ ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދޭ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް އާއި ޙައްޖު މިޝަންގެ އިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ދިވެހި ވަފުދުން ވަނީ ސަޢުދީގެ ޙައްޖާ ބެހޭ ކަންތައްތަކުގެ ޖެނެރަލް ސެކްރެޓަރީގެ އިތުރުން، ޙައްޖުގެ ކަންކަން ބަލަހައްޓަވާ ޑިރެކްޓަރ ޖެނެރަލް އަދި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދިވެހި ޙައްޖު މިޝަނުން ވަނީ ސަޢުދީ ސަރުކާރުން ދިވެހި ސަރުކާރާ މެދު ބަހައްޓަވާ ގާތްކަމާއި، ޚާއްޞަކޮށް ޙާޖީންގެ އިންތިޒާމުތައް ފުރިހަމަކުރުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ޙައްޖުވެރިންނަށް މިހާރު ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.

Advertisement

Advertisement 1

ދިވެހި ޙައްޖު މިޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޙައްޖުވެރިންގެ ކަންކަން އެންމެ މަތީ ފަންތީގައި ވިލަރެސްކުރުމަށް ކަނޑައަޅުއްވާފައިވާ ވަފުދެކެވެ. ދިވެހި ޙައްޖުވެރިންނާ ގުޅޭ އެންމެހާ އިންތިޒާމުތައް ފުރިހަމަކުރުމާއި، މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބެލުމުގެ އިތުރުން، ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތައް މެދުނުކެނޑި ވިލަރެސްކުރުމަކީ މި މިޝަންގެ އެންމެ މުހިއްމު ޒިންމާއެވެ.

ސައޫދީ އަރަބިއާމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

22 ދުވަސް ކުރިން - 04:33

އީރާނާއެކު މަޝްވަރާ ކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވީ ސައޫދީ

އީރާނާއެކު މަޝްވަރާ ކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވީ ސައޫދީ

26 ދުވަސް ކުރިން - 10:26

އީރާނުގެ ހަކަތައަށް ހަމަލާ ދީދި ނަމަ ސައޫދީއަށް ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާން

އީރާނުގެ ހަކަތައަށް ހަމަލާ ދީފިނަމަ ސައޫދީއަށް ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާން

27 ދުވަސް ކުރިން - 08:42

ސައޫދީއަށް ކަނޑު މަގުން ނުވަދެވޭނެ ކަމަށް ހޫޘީން އިޢުލާން ކޮށްފި

ސައޫދީއަށް ކަނޑު މަގުން ނުވަދެވޭނެ ކަމަށް ހޫޘީން އިޢުލާން ކޮށްފި

39 ދުވަސް ކުރިން - 09:27

ސައުދީއާއި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި، ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ސައުދީއާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

59 ދުވަސް ކުރިން - 22:38

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

63 ދުވަސް ކުރިން - 20:02