އެމެރިކާގެ އެފް-22 ގެ 12 ފައިޓާ ޖެޓް އިޒުރޭލަށް ތިރިކޮށްފި

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 25 ފެބްރުއަރީ 2026 02:51
އެފް-22 ގެ 12 ފައިޓާ ޖެޓް އިސްރާއީލުގެ އަސްކަރީ މަރުކަޒަށް ތިރިކޮށްފި (އޭއައި ޖެނެރޭޓެޑް ފޮޓޯއެއް)
އެފް-22 ގެ 12 ފައިޓާ ޖެޓް އިސްރާއީލުގެ އަސްކަރީ މަރުކަޒަށް ތިރިކޮށްފި (އޭއައި ޖެނެރޭޓެޑް ފޮޓޯއެއް)
ޚުލާސާ

އެމެރިކާ ފިޔަވައި އިތުރު އެއްވެސް ޤައުމެއްގައި އެފް-22 ގެ ފަޔަރ ޖެޓެއް ނުހުރޭ. އެމެރިކާއިން މިހާތަނަށް މީގެ އެއްވެސް ޖެޓެއް އެއްވެސް ޤައުމަކަށް ނުވިއްކާ

އެމެރިކާ އާއި އީރާނާ އެކު އުފެދިފައިވާ ފިތުނަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އެމެރިކާގެ އެފް-22 ގެ 12 ފަޔަރ ޖެޓް އިސްރާއީލުގެ ވައިގެ މަރުކަޒަކަށް ޖައްސާފައިވާ ކަމަށް އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރުން ބުނެފިއެވެ.

އެމެރިކާގެ އެފް-22 ފަޔަރ ޖެޓުތައް ތިރިކޮށްފައި ވަނީ އިސްރާއީލުގެ ދެކުނުގައި ހުންނަ ވައިގެ ސިފައިންގެ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށެވެ.

މިއީ ދުނިޔޭގެ އެންމެ ޒަމާނީ ފަޔަރ ޖެޓްތަކުގެ ތެރޭގައި ހިމެނޭ ޖެޓުތަކެވެ. އެމެރިކާ ފިޔަވައި އިތުރު އެއްވެސް ޤައުމެއްގައި އެފް-22 ގެ ފަޔަރ ޖެޓެއް ނުހުރެއެވެ. އެމެރިކާއިން މިހާތަނަށް މީގެ އެއްވެސް ޖެޓެއް އެއްވެސް ޤައުމަކަށް ނުވިއްކައެވެ.

މިހާރު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ ތެހެރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވަމުން ދަނިކޮށް ޕާޝިއަން ގަލްފް ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ޙާޟިރީ މި ވަނީ ވަރަށް ބޮޑަށް އިތުރު ކޮށްފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%