އީރާނުގެ މިސައިލްތަކުން ޔޫރަޕްގެ ގައުމުތަކަށާއި އެމެރިކާގެ މަރުކަޒުތަކަށް ނުރައްކާ: ޓްރަމްޕް

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ | 13 ގަޑިއިރު ކުރިން - 26 ފެބްރުއަރީ 2026 14:13
އީރާނުގެ މިސައިލު: ދުޝްމަނުންނަށް ވަރަށް ބޮޑު ބިރަކަށް ވެއްޖެ
އީރާނުގެ މިސައިލު: ދުޝްމަނުންނަށް ވަރަށް ބޮޑު ބިރަކަށް ވެއްޖެ
ޚުލާސާ

ޓރަމްޕް ވިދާޅުވީ ޑިމޮކްރެޓުން މުޅި ހޯމްލޭންޑް ސެކިއުރިޓީ ބަޖެޓް ކަނޑާލާފައިވާ ކަމަށާއި ހޯމްލޭންޑް ސެކިއުރިޓީއަށް ދޭ ހުރިހާ ފައިސާއެއް އަލުން ހޯދަން ޖެހޭ ކަމަށް

އީރާނުގެ މިސައިލްތަކުން ޔޫރަޕްގެ ގައުމުތަކަށާއި އެމެރިކާގެ މަރުކަޒުތަކަށް ނުރައްކާ ވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދެވަނަ ދައުރުގެ ފުރަތަމަ ސްޓޭޓް އޮފް ދަ ޔޫނިއަން ހިތާބު ދެއްވަމުން ވިދާޅުވީ މިއަދު އެމެރިކާގެ ބޯޑަރުތަކަކީ އެމެރިކާގެ ތާރީހުގައި އެންމެ ރައްކާތެރި ބޯޑަރުތައް ކަމަށާއި، 9 މަސް ދުވަހުގެ ތެރޭގައި ގާނޫނާ ހިލާފަށް އެންމެ މީހަކަށްވެސް އެމެރިކާއަށް ވަދެވިފައި ނުވާކަމަށެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ އިންފްލޭޝަން އާދަޔާ ހިލާފަށް ދަށްވެފައިވާ ކަމަށާއި، 12 މަސް ދުވަހުގެ ތެރޭގައި 1.8 ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުގެ ވައުދުތައް ފުއްދައިދީފައިވާ ކަމަށާއި، ކުރިން އެމެރިކާއަކީ މަރުވެފައިވާ ގައުމެއް ކަމަށާއި މިހާރު އެމެރިކާއަކީ އެންމެ ފަހުރުވެރި ގައުމުކަމަށް ވިދާޅުވުމުގެ އިތުރަށް ވެނެޒުއެލާއިން 18 މިލިއަން ފީފާ ތެޔޮ ހޯދަމުންދާ ކަމަށާއި، ތެޔޮ ހޯދައި ނެގުމުގެ ވައުދު ފުއްދާފައިވާ ކަމަށެވެ.

ވޮޝިންޓަން ޑީސީ ފަދައިން ލޮސް އެންޖެލިސް ވެސް ރައްކާތެރި ސިޓީއަކަށް ހައްދަވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕުގެ ވާހަކަފުޅުގައި ޓެރިފްގެ އެހީގައި އެމެރިކާއިން އެތައް ހަނގުރާމައެއް ނިންމާލާފައި ވާކަމަށް ވިދާޅުވިއެވެ. އަދި މިއަދު އިންކަމް ޓެކްސްގެ ބަދަލުގައި ޓެރިފް އަންނާނެ ކަމަށާއި ރައީސް ބައިޑެންގެ ޒަމާނުގައި އެމެރިކާ މީހުން ތިބީ މުސީބާތުގެ މަގުމަތީގައި ކަމަށް ވެސް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ސުޕްރީމް ކޯޓުން ޓެރިފާ ދެކޮޅަށް ނެރުނު އަމުރަށް ފާޑުވިދާޅުވެ އެމެރިކާގައި ބިހުގެ އަގު 60 ޕަސެންޓް ދަށްވެފައިވާ ކަމަށާއި ބޮޑެތި އިންޝުއަރެންސް ކުންފުނިތަކަށް ފައިސާ ދޭން ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޓްރަމްޕް އިލްހާން އުމަރާއި ރަޝީދާ ތުލައިބަށް ފާޑުވިދާޅުވި

ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި އިލްހާން އުމަރާއި ރަޝީދާ ތުލައިބަށް ފާޑުވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑީޕޯޓް ކުރުމުގެ މަގުގައި ތިބި ކޮންގްރެސްގެ މެންބަރުން ލަދުގަންނަން ޖެހޭނެ ކަމަށާއި ސޭވް އެމެރިކާ ގާނޫނަށް ތާއީދު ކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓުން މުޅި ހޯމްލޭންޑް ސެކިއުރިޓީ ބަޖެޓް ކަނޑާލާފައިވާ ކަމަށާއި ހޯމްލޭންޑް ސެކިއުރިޓީއަށް ދޭ ހުރިހާ ފައިސާއެއް އަލުން ހޯދަން ޖެހޭ ކަމަށާއި ކޮންގްރެސްގެ މެމްބަރުންގެ ފުރަތަމަ ވާޖިބަކީ ގަވާއިދާ ޚިލާފަށް އުޅޭ މީހުންނަށް ތާއީދު ނުކުރުން ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ބަލިވެ އިނުމާއި ޢަސްކަރީ ވާޖިބުން އިސްތިސްނާ ކުރުން ފިޔަވައި ވޯޓުލާ އެންމެން ރައްޔިތެއްކަމުގެ ހެއްކެއް ހުށަހަޅަން ޖެހޭނެ ކަމަށާއި މެއިލް އިން ވޯޓު ކަރުދާސް ވެސް ނުހުންނާ ކަމަށާއި ޑިމޮކްރެޓުން ވޯޓާ އައިޑީ ބޭނުން ނުވާ ކަމަށާއި އެއީ އިންތިޚާބުގައި މަކަރު ހަދަން ބޭނުންވާތީ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުންގެ މޫނުމަތި ހުރީ ކުލަ ފަނޑުވެފައެވެ.

ގްލޯބަލް ޓެރިފް %15 އަށް ބޮޑު ކުރާނެ: ޓްރަމްޕް

ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނަށް ފާޑުކިޔާ ޑިމޮކްރެޓުންނަކީ މޮޔައިން ކަމަށް ވިދާޅުވެ، ސިޔާސީ ހުރިހާ ބާވަތެއްގެ އަނިޔާވެރިކަމަށް ދެކޮޅު ހަދަން ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ތަކުރާރުކޮށް އަނިޔާވެރި ހާދިސާތަކުގައި ބައިވެރިވާ ކުށްވެރިން ޖަލުން ނުނިކުމެވޭނެ ގޮތަށް ކޮންގްރެސް އިން ގާނޫނެއް ފާސްކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ އަފްޣާން ޓެރަރިސްޓަކު ވައިޓް ހައުސްގެ ބޭރުގައި އަންހެން އޮފިޝަލެއްގެ ގަޔަށް ބަޑިޖަހާފައިވާ ކަމަށާއި، އަފްޣާން ޓެރަރިސްޓަކު އެމެރިކާގައި ހުންނަން ނުޖެހޭނެ ކަމަށެވެ.

އަޅުގަނޑު 8 ހަނގުރާމައެއް ހުއްޓުވިން: ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް ވިދާޅުވީ އޭނާ 8 ހަނގުރާމަ ހުއްޓުވާފައި ވާކަމަށެވެ. އެއީ ކެމްބޯޑިއާ-ތައިލެންޑް ހަނގުރާމަ، ޕާކިސްތާނާއި އިންޑިއާގެ ނިއުކްލިއާ ހަނގުރާމަ އެވެ.

ޓްރަމްޕްގެ ވާހަކަފުޅުގައި އޭނާ 35 މިލިއަން މީހުންގެ ފުރާނަ ސަލާމަތް ކޮށްދީފައިވާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވެފައިވާކަން ފާހަގަ ކުރެއްވިއެވެ.

ޓްރަމްޕް ހުއްޓުވި ކަމަށް ވިދާޅުވާ ހަނގުރާމަތަކުގެ ތެރޭގައި އިޒުރޭލާއި އީރާނާ ދެމެދު ހިނގި ހަނގުރާމައާއި ކޮންގޯ އާއި ރުވާންޑާގެ ހަނގުރާމައާއި އިޒުރޭލާއި ޣައްޒާގެ ހަނގުރާމަ ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އީރާނުގެ މިސައިލްތަކަކީ ޔޫރަޕްގެ ގައުމުތަކަށާއި އެމެރިކާގެ މަރުކަޒުތަކަށް ނުރައްކަލެއް ކަމަށް ވިދާޅުވެ ޓްރަމްޕް ގެންދަވަނީ އެމެރިކާއިން އިރާގުގެ ރައީސް ސައްދާމް ހުސޭންގެ ވެރިކަން ނިންމައި އިރާގު ފުނޑުފުނޑުކޮށްލިގޮތަށް އީރާންގެ ވެރިކަން ވެސް ބަދަލުކޮށް އީރާނު ވެސް ފުނޑުފުނޑު ކޮށްލާށެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%