Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޑްރަގް ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިހުސާނު ދެއްވައިފި

ޑްރަގް ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިހުސާނު ދެއްވައިފި

އައިޝަތު ރުވާ ރިފްޢަތު
100 ދުވަސް ކުރިން - 25 ފެބްރުއަރީ 2026 17:25
ހޯމް މިނިސްޓަރު އިހުސާން---
ހޯމް މިނިސްޓަރު އިހުސާން---
ޚުލާސާ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކަށް ނިސްބަތްވާ މީހަކަށް 75 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން، ފުލުހުންނާއި ޕްރޮސިކިއުޓަރުން ކުރެއްވި މަސައްކަތަށް ތައުރީފުކުރައްވާފައި.

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެ އެވެ.

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކަށް ނިސްބަތްވާ މީހަކަށް 75 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން، ފުލުހުންނާއި ޕްރޮސިކިއުޓަރުން ކުރެއްވި މަސައްކަތަށް ތައުރީފުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، ރައްޔިތުންނަށް އަމާން މުޖުތަމައެއް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ސިޔާސަތު ކަމަށެވެ.

މި މައްސަލައިގައި 75 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އަބްދުލްބާސިތު (28 އަހަރު) ގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2024 އޭޕްރީލް 27 ގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ވަނީ މި ބޮޑު ހުކުމް އައިސްފަ އެވެ.

Advertisement

Advertisement 1

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މަގުތައް ބަންދުކުރުމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ޑްރަގް ނެޓްވޯކްތައް ރޫޅާލުމަށް ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިފަދަ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް އެއްވެސް ބެލުމެއް ނެތި، ގާނޫނުގައި އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ފަސްނުޖެހޭނެ ކަމުގެ އިންޒާރު މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެއްވެސް ފަރާތަކަށް އިސްތިސްނާއެއް ނޯންނާނެ ކަމަށާއި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށްވާތީ، މިކަން ހައްލުކުރުމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މިފަދަ ވިޔަފާރިތަކުގައި ބައިވެރިވާ މީހުންނަށް މުޖުތަމައުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ އިހުސާންމަސްތުވާތަކެތިފުވައްމުލައް ސިޓީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

3 ދުވަސް ކުރިން - 07:07

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

5 ދުވަސް ކުރިން - 17:38

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

5 ދުވަސް ކުރިން - 17:03

ޝަހުޒާން އާއި ލީވާން ޖަލު ގޮޅިއަށް ފޯނު ވެއްދި މައްސަލަ ފުލުހުން ބަލަން ފަށައިފި

ޝަހުޒާން އާއި ލީވާން ޖަލު ގޮޅިއަށް ފޯނު ވެއްދި މައްސަލަ ބަލަނީ

8 ދުވަސް ކުރިން - 12:12

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

12 ދުވަސް ކުރިން - 20:42

ފުވައްމުލަކު ޚިދުމަތްތެރި ފާރޫޤު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިއާ

ޚިދުމަތްތެރި ފާރޫޤު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިއާ

18 ދުވަސް ކުރިން - 12:37