ފްލޮރިޑާގެ ހުޅަނގު ދެކުނުގައި އޮންނަ ބިގް ސައިޕްރެސް ނޭޝަނަލް ޕްރިޒަރވްގައި ރޯވެ އަނދަމުން އެބަ ދެއެވެ. މިއީ އެމެރިކާ އިން ޙިމާޔަތް ކޮށްފައިވާ 2،79،000 އޭކަރުގެ ކުޅިއެކެވެ. މި ސަރަޙައްދުގެ 25،000 އޭކަރުގެ ބޮޑު ސަރަޙައްދެއް މިހާރު ވަނީ އަނދައި ހުލިވެފައެވެ.
ނެޝަނަލް ފަޔަރގެ ނަމުން މަޝްހޫރު މި އަލިފާންގަނޑު ރޯވީ މިމަހުގެ 22 ވަނަ ދުވަހުގައެވެ. ނަމަވެސް އަލިފާން ނިއްވުމުމަށްޓަކައި ހެލިކޮޕްޓަރުތަކުން މަސައްކަތް ކުރި ކަމުގައި ވިޔަސް، މޫސުމުގެ ގޮތުން އަދިވެސް ކޮންޓްރޯލްވާ ގޮތެއް ނުވާކަމަށް ޚަބަރުތައް ބުނެއެވެ.
މި އަލިފާން ނިއްވުމަށްޓަކައި އެއްގަމާއި ވައިގެ މަގުން މަސައްކަތް ކުރަމުން ދާއިރު، އެ ސަރަޙައްދުގެ މަގުތަކުގައި ދުން ބޯވެ، ނޭޝަނަލް ވެދަރ ސާވިސްއިން ވަނީ ޢާންމުން ތައްޔާރީ ޙާލަތުގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.










