Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެސްޓީއޯއިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި

މުހައްމަދު ޖަމްޝަތު
202 ދުވަސް ކުރިން - 25 ފެބްރުއަރީ 2026 15:33
ލޯކަލް މާރުކޭޓުގައި ވިއްކަންހުރި ފިޔާ. އެސްޓީއޯ އިން ވަނީ ފިޔާ އަދި އަލުވި އަގުހެޔޮކޮށްފަ---
ލޯކަލް މާރުކޭޓުގައި ވިއްކަންހުރި ފިޔާ. އެސްޓީއޯ އިން ވަނީ ފިޔާ އަދި އަލުވި އަގުހެޔޮކޮށްފަ---
ޚުލާސާ

މީގެ ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް. ކުރިން 14 ރުފިޔާއަށް ލިބުނު އަލުވި ކިލޯއެއް މިހާރު 12 ރުފިޔާއަށް ލިބޭނެ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފިއެވެ. މިއީ ރޯދަމަހާ ދިމާކޮށް އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ކުޑަކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް އެ ކުންފުނިން ނިންމި ނިންމުމެކެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއް ހަމައެއްގައި ބެހެއްޓުމަށާއި، ރައްޔިތުންނަށް ދަތިކަމެއް ނެތި އެ ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަގުތަކަށް ގެނައި ބަދަލާއެކު، މީގެ ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.

ފިޔާގެ އިތުރުން އަލުވީގެ އަގަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ކުރިން 14 ރުފިޔާއަށް ލިބުނު އަލުވި ކިލޯއެއް މިހާރު 12 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. މީގެ އިތުރުން ބަސްތާ ގަންނަ ފަރާތްތަކަށްވެސް ބޮޑު ލުޔެއް ވަނީ ދީފައެވެ.

Advertisement

Advertisement 1

އެސްޓީއޯއިން ހާމަކުރި ގޮތުގައި ފިޔާ ބަސްތާއެއްގެ އަގު ވަނީ 250 ރުފިޔާއިން 190 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި އަލުވި ބަސްތާއެއްގެ އަގު 300 ރުފިޔާއިން 160 ރުފިޔާއަށް ވަނީ ބޮޑުތަނުން ހެޔޮކޮށްފައެވެ. މި ބަދަލާއެކު ބާޒާރުގައި މި ތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިގެންދާނެ ކަމަށް ބެލެވެއެވެ.

އެސްޓީއޯއިން އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އާންމުންނަށް ވަކިން ގަންނަން ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުންނެވެ. އަދި ގަނޑުކޮށް މި ތަކެތި ބޭނުންވާ ވިޔަފާރިވެރިންނަށާއި ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުތަކުން މި ތަކެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

14 ދުވަސް ކުރިން - 15:54

ރާއްޖެއިން ބިސް ހުސްވެ ކޮންޓްރޯލް ކުރާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

19 ދުވަސް ކުރިން - 14:05

އެސްޓީއޯ ހެލްތް ކެއަރ އިން ޕޯޓަބަލް ސްކޭން މޮޑަލްތަކެއް ތައާރަފް ކޮށްފި

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

26 ދުވަސް ކުރިން - 12:23

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

30 ދުވަސް ކުރިން - 21:15

ބޯޓުފަހަރުގެ ޗާޓަރު އަގު އިންތިހާއަށް އުފުލުނަސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

35 ދުވަސް ކުރިން - 10:46

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

95 ދުވަސް ކުރިން - 13:57

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%