Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކައުންސިލް އިންތިހާބު: ސިނާއީ ރަށްތަކާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާނެ

ކައުންސިލް އިންތިހާބު: ސިނާއީ ރަށްތަކާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާނެ

މުހައްމަދު ޖަމްޝަތު
106 ދުވަސް ކުރިން - 24 ފެބްރުއަރީ 2026 17:43
އީސީގެ މެމްބަރުން. ކައުންސިލް އިންތިހާބަށް ރާއްޖޭން ބޭރުގައި ވޯޓު ފޮށި ނުބަހައްޓަން ވަނީ ނިންމާފައި---ފޮޓޯ: އީސީ
އީސީގެ މެމްބަރުން. ކައުންސިލް އިންތިހާބަށް ރާއްޖޭން ބޭރުގައި ވޯޓު ފޮށި ނުބަހައްޓަން ވަނީ ނިންމާފައި---ފޮޓޯ: އީސީ
ޚުލާސާ

ކައުންސިލް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބެނީ 294،937 މީހުންނަށް. އެއީ، 150،410 ފިރިހެނުންނާއި 144،527 އަންހެނުން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން އެކަށީގެންވާ އަދަދަކަށް މީހުން ރީ-ރަޖިސްޓްރީކޮށްފައި ނުވާތީ، ސިނާއީ ސަރަހައްދުތަކާއި ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓުފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރީ-ރަޖިސްޓްރީކުރުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަވިއިރު ފޯމު ހުށަހަޅާފައިވަނީ ޖުމްލަ 26,454 މީހުން ކަމަށެވެ. މީގެ ތެރެއިން ރަށްރަށާއި މާލޭގައި ވޯޓުލާން 24,429 މީހުން ރަޖިސްޓްރީވެފައިވާއިރު، ޖަލުތަކުގައި ވޯޓުލާން 1,326 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.

ރާއްޖެއިން ބޭރުގެ ގައުމުތަކަށް ބަލާއިރު، މެލޭޝިޔާގައި ވޯޓުލާން 499 މީހުން އަދި ސްރީލަންކާގައި ވޯޓުލާން 189 މީހުން ރަޖިސްޓްރީވެފައިވެއެވެ. ނަމަވެސް، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ އެ ގައުމަކަށް ވޯޓުލާން މަދުވެގެން 2,000 މީހުން ރަޖިސްޓްރީވެ، މަދުވެގެން އެއް ދާއިރާއަކުން 40 މީހުން ހަމަވާނަމަ ކަމަށްވާތީ، އެއްވެސް ގައުމެއްގައި ފޮށި ބެހެއްޓޭ ވަރަށް އަދަދު ހަމަވެފައެއް ނުވެއެވެ.

Advertisement

Advertisement 1

ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ވޯޓުފޮށި ބެހެއްޓުމަށް މަދުވެގެން 30 މީހުން ރަޖިސްޓްރީވާން ޖެހޭއިރު، ގިނަ އަދަދެއްގެ ދިވެހިން މަސައްކަތްކުރާ ހުޅުލޭ އެއާޕޯޓުގައި ވެސް ރަޖިސްޓްރީވެފައިވަނީ އެންމެ 11 މީހުންނެވެ. ސޮލާހު ވިދާޅުވި ގޮތުގައި ރީ-ރަޖިސްޓްރޭޝަނަށް 30 މީހުން ހަމަވީ އެންމެ 21 ރިސޯޓުގައެވެ.

އީސީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، ވޯޓުފޮށި ނުބަހައްޓަން ނިންމި ތަންތަނަށް ވޯޓުލާން ރަޖިސްޓްރީކުރި މީހުންނަށް އެހެން ފޮއްޓަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ މީހުން ވޯޓުލާން ރަޖިސްޓްރީވެފައި އޮންނާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށެއްގައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ކައުންސިލު އިންތިހާބާއި، މައި ދެ އިންތިހާބު އެއްކޮށްލުމާ މެދު އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުން އޮތީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުގެ ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ލޯކަލް ކައުންސިލް އިންތިޚާބު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

4 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

7 ދުވަސް ކުރިން - 18:13

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

17 ދުވަސް ކުރިން - 14:14

ތަކުރާރުކޮށް ހިލާފުވުމުން އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ޖޫރިމަނާކޮށްފި

ތަކުރާރުކޮށް ހިލާފުވުމުން އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ޖޫރިމަނާކޮށްފި

31 ދުވަސް ކުރިން - 16:41