އިސްރާއީލުން މެދުއިރުމަތި ހިފާށޭ ބުނުމުން 14 ޤައުމަކުން އެކަން ކުށްވެރިކޮށްފި

ހުސައިން އިސްމާއިލް | 21 ގަޑިއިރު ކުރިން - 23 ފެބްރުއަރީ 2026 06:28
ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: ރޮއިޓާސް
ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: ރޮއިޓާސް
ޚުލާސާ

އިސްރާއީލުން މެދުއިރުމަތި އެއްކޮށް ހިފަންވީ ކަމަށް އެމެރިކާގެ ސަފީރު ބުނުމުން ތުރްކިޔޭ، ޕާކިސްތާން، ސައޫދީ ހިމެނޭހެން 14 ޤައުމަކުން އެކަން ކުށްވެރިކޮށްފި

އިސްރާއީލުން މެދުއިރުމަތި އެއްކޮށް ހިފަންވީ ކަމަށާއި ނީލަ ކޯރުން ފެށިގެން ޔޫފްރެޓިސް ކޯރުތަކާއި ހަމައަށް އޮންނަ ބިން ހިފުމުގައި އިސްރާއީލަށް ހައްގު ލިބިފައިވާ ކަން ގަބޫލްކުރާ ކަމަށް އިސްރާއީލަށް ނިސްބަތްވާ އެމެރިކާގެ މަންދޫބު މައިކް ހަކަބީ ބުނުމުން ތުރުކިޔޭ، މިސްރު، ޖޯޑަން، ލުބުނާން، އަދި ސައުދީ އަރަބިއްޔާ އާއި ޕާކިސްތާން ހިމެނޭހެން 14 ޤައުމަކުން އެކަން ކުށްވެރި ކޮށްފިއެވެ.

އެ ޤައުމުތަކުން ނެރުނު ބަޔާނުގައި ބުނީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އދ. ގެ ޤާނުނާއި ޚިލާފު ކަމެއް ކަމަށެވެ.

އެމެރިކާގެ ސަފީރު ދެއްކި ވާހަކަތަކާއި ގުޅިގެން ވޮޝިންޓަނަށް ދަނީ ޕްރެޝަރުތައް ކުރިމަތި ވަމުންނެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)، ޢަރަބް ލީގު، އަދި ޤަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ފަދަ ސަރަޙައްދީ ޖަމިއްޔާތަކުން ވެސް ވަނީ މި ކަން ކުށްވެރި ކޮށްފައެވެ.

އެމެެރިކާގެ ސަފިރާއި ދެކޮޅަށް މި ބަޔާން ނެރުނީ، ތުރުކިޔޭ މިސްރު، ޖޯޑަން، ލުބުނާން، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އިންޑޮނޭޝިއާ، ޕާކިސްތާން، ޤަޠަރު ކުވައިތު، އޮމާން، ބަހްރެއިން، ސީރިޔާ އަދި ފަލަސްތީނުގެ ދައުލަތުންނެވެ.

އިސްރާއީލުގައި ހުންނަ އެމެރިކާގެ ސަފީރަކަށް އައްޔަން ކުރި ހަކާބީ އައްޔަންކުރީ މިދިޔަ އަހަރު އެޕްރީލް މަހުގައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޟޮހަމެދ ޏަެެމ

18 ގަޑިއިރު ކުރިން - 09:04

ތިނިމުނީދެން .ވަރަށް ބޮޑުވަރެއް ތިކުރެވުނީ