Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްބިއުލާންސަށް މަގުނުދީ މުދާބާލަން އޮތް ޕިކަޕު ދުއްވި ޑްރައިވަރުގެ މައްސަލަ ބަލަން ފަށައިފި

އެމްބިއުލާންސަށް މަގުނުދީ މުދާބާލަން އޮތް ޕިކަޕު ދުއްވި ޑްރައިވަރުގެ މައްސަލަ ބަލަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
154 ދުވަސް ކުރިން - 22 ފެބްރުއަރީ 2026 17:32
އެމްބިއުލާންސަށް ހުރަސް އެޅި މީހާ---
އެމްބިއުލާންސަށް ހުރަސް އެޅި މީހާ---
ޚުލާސާ

ޕިކަޕް މަގު މެދަށް ހުއްޓައިގެން މުދާ ބާލަމުން ދިއުމުގެ ސަބަބުން އެހެން ވެހިކަލްތައް ވެސް އޮތީ ޓްރެފިކްގައި ތާށިވެފައި.

މާލޭގެ މަގަކުން ދަތުރުކުރި އެމްބިއުލާންސަކަށް ޖާގަ ނުދީ، މުދާ ބާލަން އޮތް ޕިކަޕެއްގެ މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ބަލި މީހަކު ގޮވައިގެން ދިޔަ އެމްބިއުލާންސެއް ސައިރެން އަޅަމުން ދިޔައިރުވެސް، މަގު ބަންދުވާ ގޮތަށް އޮތް ޕިކަޕަކުން ދިޔައީ މުދާ ބާލަމުންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، ޕިކަޕް މަގު މެދަށް ހުއްޓައިގެން މުދާ ބާލަމުން ދިއުމުގެ ސަބަބުން އެހެން ވެހިކަލްތައް ވެސް އޮތީ ޓްރެފިކްގައި ތާށިވެފައެވެ. އެމްބިއުލާންސްގެ ސައިރެންގެ އަޑު މުޅި ސަރަހައްދުގައި ގަދައަށް އިވެމުންދިޔަ ނަމަވެސް، ޕިކަޕް ދުއްވަން ހުރި މީހާ އަދި މުދާ ބާލަން ތިބި މީހުން އެކަމަށް އެއްވެސް ސަމާލުކަމެއް ދީފައެއް ނުވެއެވެ. އެ ޕިކަޕް އެ ތަނުން ދިޔައީ މުދާ ބާލައި އެއްކޮށް ނިމުމުންނެވެ.

Advertisement

Advertisement 1

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ދުއްވާ އުޅަނދުފަހަރަށް މަގު ނުދީ ހުރަސްއެޅުމަކީ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަމެކެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ފުލުހުން ވެސް ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، ހާއްސަކޮށް އެމްބިއުލާންސް ފަދަ އިމަޖެންސީ އުޅަނދުފަހަރަށް އިސްކަން ދިނުމަކީ އާންމު ފަރުދުންގެ ޒިންމާއެއްކަން ކަމާބެހޭ އިދާރާތަކުން އަބަދުވެސް ހަނދާންކޮށްދެ އެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެ ޕިކަޕްގެ ޑްރައިވަރުގެ އަމަލު ކުށްވެރިކޮށް، ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ (އުވާލެވިފައި)މޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

3 ދުވަސް ކުރިން - 09:28

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

8 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

9 ދުވަސް ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

11 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

11 ދުވަސް ކުރިން - 00:36