އެއާ އިންޑިއާގެ ދަތުރުތައް ކުރަން ފެށިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި

މަރްޔަމް މާޙީ | 14 ގަޑިއިރު ކުރިން - 22 ފެބްރުއަރީ 2026 12:38
އެއާ އިންޑިއާގެ ފްލައިޓް ޓޭކް އޮފް ކުރަނީ--- ފޮޓޯ: ވެލާނާ
އެއާ އިންޑިއާގެ ފްލައިޓް ޓޭކް އޮފް ކުރަނީ--- ފޮޓޯ: ވެލާނާ
ޚުލާސާ

މި ތާރީހީ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ބާއްވާފައި

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު ފުރުން އިއްޔެ ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި ތާރީހީ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން، 139 ފަސިންޖަރުންނާއެކު ރާއްޖެއައި އެއާ އިންޑިއާގެ ފްލައިޓަށް މަރުހަބާ ކިޔުމަށް ވޯޓާ ސެލިއުޓެއް ވެސް ވަނީ އަރުވާފައެވެ.

އަދި ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް އެއާޕޯޓުން ވަނީ ފިނިފެންމަލާއި، ބައެއް ހާއްސަ ހަނދާނީ ހަދިޔާތައް އަރުވާފައެވެ.

އެއާ އިންޑިއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 21 ފެބްރުއަރީ 1976 ގައެވެ. އެއީ ދެ ގައުމުގެ ދެމެދުގައި ވައިގެ މަގުން ގުޅާލެވުނު އެންމެ ފުރަތަމަ ބައިނަލްއަގްވާމީ އެއް ދަތުރުފަތުރެވެ.

ފާއިތުވި ފަސްސާސް އަހަރުގެ ތެރޭގައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ބައިލެޓްރަލް ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުން ހަރުދަނާކުރުމުގައި އެ އެއަރލައިނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.



Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%