އިސްރާއީލުން ތައްޔާރުވީ ހަފްތާބަންދުގައި އީރާނަށް ޙަމަލާދޭން، މިހާރު ލަސްކޮށްފި - އިސްރާއީލް މީޑިއާ

ހުސައިން އިސްމާއިލް | 17 ގަޑިއިރު ކުރިން - 22 ފެބްރުއަރީ 2026 10:14
އީރާނަށް ޙަމަލާ ދިނުމަށްޓަކައި 2024 އޮކްޓޯބަރުގައި އިސްރާއީލުގެ ފައިޓާ ޖެޓެއް ތައްޔާރީ ޙާލަތުގައި / ފޮޓޯ: ގެޓީ އިމޭޖްސް
އީރާނަށް ޙަމަލާ ދިނުމަށްޓަކައި 2024 އޮކްޓޯބަރުގައި އިސްރާއީލުގެ ފައިޓާ ޖެޓެއް ތައްޔާރީ ޙާލަތުގައި / ފޮޓޯ: ގެޓީ އިމޭޖްސް
ޚުލާސާ

އެމެރިކާއިން އީރާނަށް ހަމަލާއެއް ދޭން ޖެހިދާނެ ކަމަށް ބަލައި އިސްރާއީލުން ތައްޔާރުވި ނަމަވެސް އެންމެ ފަހު ވަގުތު އެ އޮޕަރޭޝަން ފަސްކޮށްފި ކަމަށް އިސްރާއީލު މީޑިއާއިން ބުނޭ

ހައްދުފަހަނަ އަޅާފައިވާ ޒައެނިސްޓް އިސްރާއީލުން ތައްޔާރުވީ ފާއިތުވި ދެރޭވެސް (ހަފްތާ ބަންދުގައި) އެމެރިކާ އާއި ގުޅިގެން އީރާނަށް ޙަމަލާ ދޭން ކަމަށާއި، ނަމަވެސް އެކަން މިހާރު ލަސްކޮށްފި ކަމަށް އިސްރާއީލުގެ މީޑިއާ އިން މިއަދު ރިޕޯޓް ކޮށްފިއެވެ.

އެމެރިކާއިން އީރާނަށް ޙަމަލާއެއް ދޭން ޖެހިދާނެ ކަމަށް ބަލައި އިސްރާއީލުން އޮތީ ފުރިހަމައަށް ތައްޔާރުވެފައެވެ. އިސްރާއީލުގެ ޑިފެންސް އޮފިޝަލުން އެލާޓްގައި ވެސް ތިބި ކަމަށާއި އެއީ ތެހެރާނާ އެކު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވުމާއި ގުޅިގެން ކޯޑިނޭޓްކޮށް ކުރިއަށްދާނެ ކަމަށް އުންމީދުކޮށްގެން ކަމަށާއި، ނަމަވެސް އެންމެ ފަހު ވަގުތު އެ އޮޕަރޭޝަން ފަސްކޮށްފައިވާ ކަމަށް ވެސް އިސްރާއީލުގެ މީޑިއާ އިން ބުނެއެވެ.

އިސްރާއީލު މީޑިއާ އިން ބުނާ ގޮތުގައި މިހާރު ވޮޝިންޓަނުން ވިސްނަނީ އީރާނުގެ ގާބިލްކަން މަޑުމަޑުން ބަލިކަށި ކުރުމަށް އެހެން އުކުޅެއް ބޭނުން ކުރަމުންނެވެ. ހާއްސަކޮށް އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކާއި ބެލިސްޓިކް މިސައިލް ސިސްޓަމްތަކާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާއި ގުޅިފައިވާ ތަންތަނަށް އަމާޒުކޮށްގެންނެވެ.

މިކަންކަން ޕެންޓަގަން ނުވަތަ ވައިޓް ހައުސް އިން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވިޔަސް، މެދުއިރުމަތީގެ ހުރިހާ ހިސާބެއްގައި ވެސް ނުތަނަވަސްކަން ކުރިއަށްދާއިރު އީރާނުގެ މަސްދަރަކުން ބުނީ ވޮޝިންޓަނުން މިހާރު އޮތީ ތެހެރާނާއި އެކު އެއްބަސްވުމަކަށް އައުމުގެ މަގުމަތީގައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%