އީރާނުން އާވައްތަރެއްގެ ޑިފެންސް މިސައިލް ސިސްޓަމެއް ޓެސްޓުކޮށްފި

ހުސައިން އިސްމާއިލް | 5 ގަޑިއިރު ކުރިން - 21 ފެބްރުއަރީ 2026 22:22
އިރާނުގެ އާ ޑިފެންސް ސިސްޓަމް ކަނޑުގައި ލޯންޗު ކޮށްލަނީ.
އިރާނުގެ އާ ޑިފެންސް ސިސްޓަމް ކަނޑުގައި ލޯންޗު ކޮށްލަނީ.
ޚުލާސާ

ސައްޔާދު-3ޖީ މިސައިލުން 93 މޭލު ދުރުން ދަތުރުކުރާ އެމެރިކާގެ އުޅަނދުތައް ވެސް ވައްޓާލާނެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ނޭވީން ފުރަތަމަ ފަހަރަށް ސައްޔާދު-3ޖީ އެއާ ޑިފެންސް މިސައިލް ޓެސްޓްކޮށްފިއެވެ. މި ޑިފެންސް މިސައިލް ސިސްޓަމް އީރާނުން ލޯންޗު ކޮށްފައި ވަނީ ސްޓްރޭޓް އޮފް ހޮރްމޫޒްގައި ކުރިއަށްދާ “ސްމާޓް ކޮންޓްރޯލް” ޑްރިލްތަކުގެ ތެރެއިންނެވެ.

އައިއާރުޖީސީގެ ނޭވީން މި މިސައިލް ސިސްޓަމް ލޯންޗުކުރީ އީރާނުގެ އެންމެ ވަރުގަދަ މިލިޓަރީ މަނަވަރު ކަމަށްވާ ޝާހިދު ސައްޔަދު ޝިރާޒީގައެވެ.

މި ސިސްޓަމަކީ މީގެ ކުރިން ބިމުން ޙަމަލާ ދިނުމަށް އުފައްދާފައިވާ ސައްޔާދު-3 އެއާ ޑިފެންސް ސިސްޓަމްގެ ނޭވަލް ވާޝަނެވެ.

ސައްޔާދު-3ޖީ މިސައިލުން 150 ކިލޯމީޓަރު (93 މޭލު) ދުރުމިނުން ދަތުރުކުރާ ދުޝަމުނުންގެ އުޅަނދުތަކަށް ވެސް ޙަމަލާ ދެވޭނެއެވެ.

ސައްޔާދު-3 އީރާނުން ފުރަތަމަ ޓެސްޓްކުރީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މިއީ ބިމުގައި ބޭނުންކުރާ ޑިފެންސް ސިސްޓަމެކެވެ. މީގެ ކަނޑުގެ ވާޝަން ޓެސްޓުކުރީ އަދިކިރިޔާއެވެ.

ބިމުން ޙަމަލާދޭ ސައްޔާދު-3 ގެ ރޭންޖަކީ 120 ކިލޯމީޓަރެވެ. އައު ހަތިޔާރު މާ ބޮޑަށް ވެސް ކުޅަދާނައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%