Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންތިހާބަށް ރީ-ރަޖިސްޓްރީވުމުގެ އެންމެ ފަހު ދުވަހަކީ މާދަމާ!

އިންތިހާބަށް ރީ-ރަޖިސްޓްރީވުމުގެ އެންމެ ފަހު ދުވަހަކީ މާދަމާ!

އައިޝަތު ރުވާ ރިފްޢަތު
154 ދުވަސް ކުރިން - 21 ފެބްރުއަރީ 2026 20:55
ވޯޓު ގުނަނީ/ ފޮޓޯ: އީސީ
ވޯޓު ގުނަނީ/ ފޮޓޯ: އީސީ
ޚުލާސާ

މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އީސީން ވަނީ މާދަމާ (އާދީއްތަ ދުވަސް) މެންދުރުފަހު 3:00 އާ ހަމައަށް ފުރުސަތު ހުޅުވާލާފައި.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ބައިވެރިވުމަށްޓަކައި ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން އެންމެ ފަހު ފުރުސަތު މާދަމާ ހަމަވާނެ އެވެ.

ދެ އިންތިހާބު އެއްކޮށްލައިގެން އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އީސީން ވަނީ މާދަމާ (އާދީއްތަ ދުވަސް) މެންދުރުފަހު 3:00 އާ ހަމައަށް ފުރުސަތު ހުޅުވާލާފަ އެވެ.

މީގެ ކުރިން އީސީން ދިން ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މިދިޔަ ހޯމަ ދުވަހަށް ވަނީ ހަމަވެފައެވެ. ނަމަވެސް، އިތުރު ފުރުސަތަކަށް އެދެމުންދާތީ ކޮމިޝަނުން ވަނީ މި މުއްދަތު އިތުރުކޮށްދީފަ އެވެ. މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަންޖެހޭނީ ހަމައެކަނި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަންޏެވެ.

Advertisement

Advertisement 1

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ސާފުކުރުމަށްޓަކައި VR (space) IDNO ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ އޮންލައިން ރަޖިސްޓްރީ ޕޯޓަލް މެދުވެރިކޮށް ޗެކް ކުރެވޭނެ އެވެ.

ރީ-ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅަންޖެހޭނީ އީސީގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށެވެ.

ކުރިއަށް އޮތް އިންތިހާބުތަކަކީ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ހިންގުމަށާއި، ރައްޔިތުންގެ ނިންމުންތަކަށް ނުހަނު މުހިންމު އިންތިޚާބުތަކަކަށް ވާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ފަރާތްތަކުންވެސް ރަޖިސްޓްރީވެފައިވާ ތަން ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ލޯކަލް ކައުންސިލް އިންތިޚާބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

24 ދުވަސް ކުރިން - 20:59

ވޯޓުން އެއްވަރުވެ ދެވަނަ ފަހަރަށް ވޯޓުލައިގެން 80 ވޯޓުގެ ފަރަގަކުން ޕީއެންސީން މީދޫ ރައީސް ގޮނޑި ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

42 ދުވަސް ކުރިން - 19:24

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

43 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

43 ދުވަސް ކުރިން - 11:24

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

49 ދުވަސް ކުރިން - 19:55