މަޝްހޫރު ދީނީ އިލްމުވެރިޔާ އިބްރާހީމް ފަރީދު އަހްމަދުގެ ނަމުގައި އެޅި މިސްކިތް ހުޅުވައިފި އެވެ.
ބަންގްލަދޭޝްގައި އެޅި މި މިސްކިތަކީ ހިދުމަތް ޖަމިއްޔާ އިން އިސްނަގައިގެން ޝެއިހް ފަރީދުގެ ހަނދާނުގައި އެޅި މިސްކިތެކެވެ.
މިސްކިތް ހުޅުވުމަށް ބަންގްލަދޭޝްގައި ހާއްސަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވައިފައެވެ. އެގޮތުން އެ ރަސްމިއްޔާތުގައި މިސްކިތް ހުޅުވައިދެއްވީ ޝެއިހް ފަރީދުގެ ދެ ބޭފުޅުން ކަމުގައިވާ އަބްދުﷲ ފަރީދު އާއި އަބްދުއްރަހްމާން ފަރީދެވެ.
ޝެއިހް ފަރީދުގެ ނަމުގައި އެޅި މިސްކިތް ހުޅުވައިފި--- ފޮޓޯ: ހިދުމަތް ޖަމިއްޔާ
މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި ޝެއިހް އިބްރާހިމް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން, ޝައިހް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިދުމަތް ޖަމްއިއްޔާއިން ފުރުސަތު ހުޅުވާލުމުން 24 ގަޑިއިރު ވެސް ނުވަނީސް އެކަމަށް ބޭނުންވާ 760،000 ވަނީ ލިބިފައެވެ.
ރާއްޖޭގައި ދީނީގޮތުން މީހުން ހޭލުންތެރިކުރުމަށާއި, ދީނީ ދައުވަތް ފޯރުކޮށްދިމުނުގެ މަސައްކަތް ޝެއިހް ފަރީދު ފެއްޓެވީ ދެހާހުގެ ކުރީކޮޅު އެވެ.









