ހުރިހާ ރަށަކަށް ހަމަހަމަ ފުރުސަތު އޮތުމަކީ އިޖުތިމާއީ އަދުލުވެރިކަން: ރައީސް

ހައްވާ މިރުފާ | 6 ގަޑިއިރު ކުރިން - 20 ފެބްރުއަރީ 2026 21:14
ރައީސް މުއިއްޒު--- ފޮޓޯ: ހުލާސާ
ރައީސް މުއިއްޒު--- ފޮޓޯ: ހުލާސާ
ޚުލާސާ

ރައީސް ވިދާޅުވީ ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ރާއްޖެއިން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށް

ހުރިހާ ރަށްރަށަކަށް ހަމަހަމަޔަށް ފުރުސަތު އޮތުމަކީ އިޖުތިމައީ އަދުލުވެރިކަން ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެފަދައިން ވިދާޅުވީ މިއަދު ފާހަނގަ ކުރާ "ދުނިޔޭގެ އިޖުތިމާއީ އަދުލުގެ ދުވަހުގެ" މުނާސަބާގައި އެކްސްގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ މަނިކުފާނު އެ ޕޯސްޓްގައި ވިދާޅުވީ ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ރާއްޖެއިން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށެވެ. އެގޮތުން ހަރުދަނާ ސިއްހީ ފަރުވާ އާއި ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމާއި. އަތް ފޯރާ ފަށެއްގައި ބޯހިޔާވެހިކަން ރައްޔިރުންނަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ކޮންމެ ދިވެއްސަކަށް އުއްމީދީ ކުރިމަގެއް ބިނާކުރުމަށްޓަކައި އަދުގެ ސަރުކާރުން ދަނީ ހުނަރާއި ތައުލީމަށް އިންވެސްޓްކުރަމުން ކަމަށް ފާހަނގަ ކޮށްފަ އެވެ،

ބައިނަލްއަގުވާމީ އިޖުތިމާއީ އަދުލުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ފެބްރުއަރީ 20 ވަަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުގެ މައިގަނޑު ބޭނުމަކީ ފަގީރުކަން ނައްތާލުމާއި، އެންމެންނަށް ހަމަހަމަ ފުރުސަތުތަކާއި ވަޒީފާ ހޯދައިދިނުމުގެ އިތުރުން، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ބާރުއެޅުމެވެ. އެގޮތުން މިއަހަރުގެ މިދުވަހު ޝިއާރަކީ ފަރަގުތައް ކުޑަކުރުން، އަދި ގުޅުންތައް ބަދަހިކުރުމެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%