ދެކުނު ކޮރެއާގެ ރައީސް އުމުރަށް ޖަލަށް ލައިފި

ހުސައިން އިސްމާއިލް | 16 ގަޑިއިރު ކުރިން - 20 ފެބްރުއަރީ 2026 11:07
ބަޣަވާތާއި ރިޝްވަތުގެ މައްސަލައިގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސް، ޔޫން ސުކް-ޔޮލް އުމުރަށް ޖަލަށް ލައިފި.
ބަޣަވާތާއި ރިޝްވަތުގެ މައްސަލައިގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސް، ޔޫން ސުކް-ޔޮލް އުމުރަށް ޖަލަށް ލައިފި.
ޚުލާސާ

އަސްކަރީ ޤާނޫނު ހިންގި މައްސަލައިގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސް އުމުރަށް ޖަލަށް ލައިފި.

ދަޢުވާ އުފުލިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ދެކުނު ކޮރެއާގެ ކުރީގެ ރައީސް، 65 އަހަރުގެ ޔޫން ސުކް-ޔޮލް އުމުރަށް ޖަލަށް ލައިފިއެވެ. އޭނާ އަށް ޙުކުމް ކުރީ ބަޣާވާތާއި ރިޝްވަތު ހިމެނޭ ގިނަ ތުހުމަތުތަކެއްގެ ތަހުގީގަށްފަހު އެ މައްސަލަތަކުގެ ޝަރީޢަތް ހިންގުމަށް ފަހުގައެވެ. އެއީ 2024 ވަނަ އަހަރު މިލިޓަރީ ޤާނޫނު ހިންގި މައްސަލައިގައި، ނަހަމަ ގޮތުގައި ބާރުގެ ބޭނުން ހިފުމުގެ މައްސަލަ ސާބިތުވެގެންނެވެ.

ޔޫންއަށް ހުކުމް އިއްވި ޝަރީއަށް ވަނީ ވަގުތުން ދުރަށް ދައްކާފައެވެ.

އުމުރަށް ޖަލަށް ލުމަށް ޔޫންއަށް ހުކުމް އިއްވި އިރު، އަނބިކަނބަލުން ކިމް ކިއޮން ހީ ވެސް އިންނެވީ ރިޝްވަތުގެ މައްސަލަ ސާބިތުވެ އެއް އަހަރާއި އަށް މަސް ދުވަހަށް ޖަލަށް ލާފައެވެ. އެ ޙުކުމް އިއްވީ މިދިޔަ މަހުގައެވެ.

ޔޫން ސުކް-ޔޮލް ގެ މައްޗަށް ދައުވާ އުފުލީ މިދިޔަ ޖެނުއަރީ މަހުގައެވެ. އޭރު އޭނާ ހުރީ ރައީސްކަމުގައެވެ. ދަޢުވާކުރީ ބަޣާވާތުގެ އިސް ލީޑަރު ކަމަށް ބަލައި އެ މަގުންނެވެ. އެ ކުށަށް ދެވޭނެ އަދަބަކަށް އޮންނަނީ އުމުރު ދުވަހުގެ ޖަލު ޙުކުމަ ނުވަތަ މަރުގެ އަދަބެވެ. ނަމަވެސް ދެކުނު ކޮރެއާގައި 1997 އިން ފެށިގެން މަރުގެ އަދަބު ތަންފީޒުކޮށްފައެއް ނުވެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%