އެމެރިކާގެ ގިނަ ޢަދަދެއްގެ ބޮންއަޅާ ބޯޓުތަ މެދުއިރުމައްޗަށް ގޮސްފިއެވެ.
ފްލައިޓް ޓްރެކިން ޑޭޓާއާއި އޯޕަން ސޯސް މައުލޫމާތު ދައްކާ ގޮތުގައި އެމެރިކާއިން ވަނީ ފާއިރުވެ ދެދުވަހު އެފް-22، އެފް-35 އަދި އެފް-16 މަތިންދާބޯޓު ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ ބޮން އަޅާ ބޯޓާއި ވައިގެތެރޭގައި އެއް ބޯޓުން އަނެއް ބޯޓަށް ތެޔޮ އަޅާނެ މަތިންދާބޯޓުތައް މެދުއިރުމައްޗާއި ދިމާއަށް ފޮނުވާފައެވެ.
މީގެ އިތުރުން ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ވެސް މިހާރު ދަނީ އެޓްލާންޓިކް ކަނޑުން މެދުއިރުމައްޗަށް ދަތުރު ކުރަމުންނެވެ.
އެމެރިކާގެ މަތިންދާބޯޓު އުފުލާ ޔޫއެސްއެސް އަބްރަހަމް ލިންކަން މިވަގުތުވެސް އޮތީ މެދުއިރުމަތީގައެވެ.
އެމެރިިކާގެ އިތުރު ޑިސްޓްރޯޔަރާއި ސަޕޯޓް ބޯޓުތައް ހިމެނޭ ބިޔަ ލަޝްކަރެއް މެދުއިރުމައްޗަށް ޖަމާ ކުރަނީ އީރާނަށް ވަރަށް ވަރުގަދަ ޙަމަލާ ތަކެއް ދިނުމަށް ކަމަށް ބެލެވެއެވެ.
ފާއިތުވި 48 ގަޑިއިރުތެރޭ އެމެރިކާއިން ވަނީ ބޮއިންގް އީ-3 ސެންޓްރީ ސަވައިލެންސް މަތިންދާބޯޓު ވެސް މެދުއިރުމައްޗަށް ފޮނުވާފައެވެ. މިއީ ރާޑަރާއި ކޮމާންޑް ސަޕޯޓް ފޯރުކޮށްދޭ ބޯޓުތަކެވެ. މީގެ ވެސް ހަމަތިންދާބޯޓު މެދުއިރުމަތީގެ އޮޕަރޭޝަންތަކަށް އެހީތެރިވެދެވޭނެ ބޭސްތަކާއި ދިމާއަށް ބަދަލުކޮށްފައިވެއެވެ.










