Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާގެ ފަގީރު އަވަށްތަކުގައި މަގުމަތީ ކްލާސްރޫމްތައް ހަދައިގެން ކިޔަވައިދިން މުދައްރިސަކަށް 1 މިލިއަން ޑޮލަރުގެ އެވޯޑެއް

އިންޑިއާގެ ފަގީރު އަވަށްތަކުގައި މަގުމަތީ ކްލާސްރޫމްތައް ހަދައިގެން ކިޔަވައިދިން މުދައްރިސަކަށް 1 މިލިއަން ޑޮލަރުގެ އެވޯޑެއް

އައިޝަތު ރުވާ ރިފްޢަތު
156 ދުވަސް ކުރިން - 19 ފެބްރުއަރީ 2026 20:19
ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ގްލޯބަލް ޓީޗާ ޕްރައިޒް" މި މަހުގެ ކުރީކޮޅު ރޫބަލް ނާގީއަށް ވަނީ ލިބިފައި.
ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ގްލޯބަލް ޓީޗާ ޕްރައިޒް" މި މަހުގެ ކުރީކޮޅު ރޫބަލް ނާގީއަށް ވަނީ ލިބިފައި.
ޚުލާސާ

ކުރެހުމާއި ފަންނުގެ ތެރެއިން ކޮންމެ ކުއްޖަކަށްވެސް ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން އުފެއްދިދާނެކަމަށް ގަބޫލްކުރާ ކަމަށް ނާގީ ބުނެފައިވޭ.

އިންޑިއާގެ މުމްބާއީގެ އެންމެ ފަގީރު އަވަށްތަކުގެ މަގުމަތީގައި ކުޑަކުދިންނަށް އުނގަންނައިދިނުމުގެ މާތް މަސައްކަތް ކުރަމުންދާ އުމުރުން 45 އަހަރުގެ ކުރެހުންތެރިޔާ ރޫބަލް ނާގީއަށް، ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ގްލޯބަލް ޓީޗާ ޕްރައިޒް" މި މަހުގެ ކުރީކޮޅު ލިބިއްޖެ އެވެ.

ޔުނެސްކޯއާ ގުޅިގެން ވާކީ ފައުންޑޭޝަނުން ދޭ މި އެވޯޑަކީ ތައުލީމީ ދާއިރާއަށް ނަމޫނާ ހިދުމަތްތަކެއް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ 1 މިލިއަން ޑޮލަރުގެ އިނާމެކެވެ. ނާގީ މި އެވޯޑަށް ހޮވުނީ ދުނިޔޭގެ 139 ގައުމަކުން ކުރިމަތިލީ 5،000 އަށްވުރެ ގިނަ މުދައްރިސުންގެ ތެރެއިންނެވެ.

މުމްބާއީގެ ކޮލާބާ ސަރަހައްދުގެ ތޮއްޖެހިފައިވާ ހަނި ގޯޅިތަކުގައި، ހެދުން ދޮވުމުގެ މަސައްކަތްކުރާ އާއިލާތަކުގެ ކުދިންނަށް އަމާޒުކޮށްގެން ނާގީ ވަނީ އުނގަންނައިދޭ މަރުކަޒުތަކެއް ގާއިމުކޮށްފަ އެވެ. މި މަރުކަޒުތަކުގެ މައިގަނޑު ބޭނުމަކީ ސްކޫލަށް ދިއުމުގެ ފުރުސަތު ނެތް ކުދިންނަށް ހިސާބާއި ބަހުގެ އަސާސީ އިލްމު ހިލޭ ފޯރުކޮށްދިނުމެވެ.

Advertisement

Advertisement 1

ނާގީގެ މި އިންސާނީ ހިދުމަތުގެ ފެށުމަކީ މީގެ އަހަރުތަކެއްކުރިން އޭނާ ބޭއްވި ކުރެހުމުގެ ވޯކްޝޮޕަކަށް އައި ފަގީރު ކުޑަކުއްޖެކެވެ. އެ ކުއްޖާއަށް ސްކޫލަށް ދެވޭނެ މާލީ ތަނަވަސްކަން ނެތްކަން އެނގުމުން، ނާގީ ނިންމީ އެ ކުއްޖާ ދިރިއުޅޭ އަވަށަށް ގޮސް އެތަނުގެ ފާރުތަކުގައި ކުރެހުންތައް ކުރަހައި، ކުދިންގެ ހިތްތަކުގައި ތައުލީމަށް ލޯބި ޖެއްސުމަށެވެ.

"އަހަރެމެން ކުރަހަން ތިއްބާ ކުދިން އެތަނަށް އެއްވާން ފެށި. ދެން އަހަރެން އެކުދިން ގާތު އެހީ ވާހަކައެއް އަޑުއަހަން ބޭނުންތޯ. ހުރިހާ ކުދިންވެސް ބުނީ ބޭނުމޭ،" ނާގީ އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.

މިއަދު "ރޫބަލް ނާގީ އާޓް ފައުންޑޭޝަން" މެދުވެރިކޮށް އިންޑިއާގެ އެކި ކަންކޮޅުތަކުގައި 800 އަށްވުރެ ގިނަ އުނގަންނައިދޭ މަރުކަޒުތައް ވަނީ ގާއިމުކޮށްފަ އެވެ. މި މަސައްކަތުގެ ސަބަބުން އެތައް ހާސް ކުދިންނަކަށް ވަނީ އުންމީދީ މުސްތަގުބަލެއްގެ މަގު ފަހިވެފަ އެވެ. ނާގީ ގަބޫލުކުރާ ގޮތުގައި ކުރެހުމާއި ފަންނުގެ ތެރެއިން ކޮންމެ ކުއްޖަކަށްވެސް ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން އުފެއްދިދާނެއެވެ.

އިންޑިއާޔުނެސްކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

21 ގަޑިއިރު ކުރިން - 16:38

އިންޑިއާގެ ޓެސްޓް ކަރުދާސް ލީކުވި މައްސަލަ: 'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

1 ދުވަސް ކުރިން - 16:07

ދިއްލީގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައި، 120 މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި މާރާމާރީ! 120 މީހުން ޒަހަމްވެއްޖެ

4 ދުވަސް ކުރިން - 13:43

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

36 ދުވަސް ކުރިން - 19:04

އިންޑިއާއިން ރާއްޖެއަށް ހިމަބިއްސާއި ރުބެއްލާ ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

43 ދުވަސް ކުރިން - 13:15

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

46 ދުވަސް ކުރިން - 12:43