ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

ހުސައިން އިސްމާއިލް | 10 ގަޑިއިރު ކުރިން - 19 ފެބްރުއަރީ 2026 17:15
ކުއްލި ޚަބަރު: ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި
ކުއްލި ޚަބަރު: ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި
ޚުލާސާ

އެޕްސްޓީން އާއި ގުޅުން ހުރި މައްސަލައެއްގެ ތަޙްޤީޤަށް ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

އިނގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫ (ޕްރިންސް އެންޑްރޫގެ ނަމުން މަޝްހޫރު އެންޑްރޫ މައުންޓްބެޓެން-ވިންޑްސަރު) އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޖެފްރީ އެޕްސްޓީން އާއި ގުޅުން ހުރި މައްސަލަ އެއް ތަޙްޤީޤަށެވެ.

އެންޑްރޫ އަކީ ރާނީ އެލިޒަބަތު ދެވަނަ އާއި ޕްރިންސް ފިލިޕްގެއަށް ލިބިވަޑައިގެންނެވި ތިންވަނަ ދަރިފުޅެވެ. އޭނާ އަކީ ޗާލްސް ތިންވަނަ ރަސްގެފާނުގެ ކޮއްކޯފުޅެވެ.

މީގެ ކުރިން އޭނާ ވަނީ 2001 އާއި 2011 އާ ދެމެދު އިނގިރޭސިވިލާތުގެ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ފޯ އިންޓަނޭޝަނަލް ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމު އަދާކުރައްވާފައެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތު ތަކާއި އެކު މީގެ ކުރިން އޭނާ ވަނީ ރަސްމީ ޝާހީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ބައެއް ލަގަބުތައްވެސް އަތުލާފަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%