އީރާނުގެ ބެލިސްޓިކް މިސައިލް ސިސްޓަމަށް ޙަމަލާ ދިނުމަށް އިސްރާއީލުން އޮތީ ތައްޔާރުވެފަ

ހުސައިން އިސްމާއިލް | 14 ގަޑިއިރު ކުރިން - 19 ފެބްރުއަރީ 2026 12:42
އީރާނުން ބެލިސްޓިކް މިސައިލެއް ފޮނުވާލަނީ: އީރާނުގެ މިސައިލް ސިސްޓަމް ފުނޑާލަން އިސްރާއީލުން ދަނީ އެކުވެރިންނާއި އެކު މަޝްވަރާ ކުރަމުން.
އީރާނުން ބެލިސްޓިކް މިސައިލެއް ފޮނުވާލަނީ: އީރާނުގެ މިސައިލް ސިސްޓަމް ފުނޑާލަން އިސްރާއީލުން ދަނީ އެކުވެރިންނާއި އެކު މަޝްވަރާ ކުރަމުން.
ޚުލާސާ

އިސްރާއީލުގެ ސަލާމަތީ އިދާރާތަކުން ފާއިތުވި 24 ގަޑިއިރުގެ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުގެ ފުރުސަތު ބަންދެއް ނުވޭ

އިރާނުގެ ބެލިސްޓިކް މިސައިލް ސިސްޓަމަށް ހަމަލާއެއް ދިނުމަށް އެމެރިކާއިން ފެހި ސިގްނަލް ލިބުމުގެ ފުރުސަތު އޮތް ކަމަށް ބުނެ، ނަތަންޔާހޫގެ ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓާ ކޭއެން އިން ރޭ ދަންވަރު ބުނެފިއެވެ.

އިސްރާއީލުން އީރާނުގެ ބެލިސްޓިކް މިސައިލްތަކަށް ހަމަލާދޭނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުއްދަ ލިބުމުން ކަމަށާއި، އެ ހިސާބުން އިސްރާއީލުން އީރާނަށް ހަމަލާދޭ މަންޒަރު ފެންނާނެ ކަމަށް ވެސް ޒައެނިސްޓް މީޑިއާއިން ބުންޏެވެ.

އިސްރާއީލުގެ ސަލާމަތީ އިދާރާތަކުން ފާއިތުވި 24 ގަޑިއިރުގެ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުގެ ފުރުސަތު ބަންދެއް ނުވެއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ ވެރިކަމުގައި އީރާނާއި އެކު ބޮޑު ކުރިމަތިލުމަކަށް ދިޔުން ގާތެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން ވަނީ ޔޫރަޕާއި މެދުއިރުމަތީގެ ބޭސްތަކަށް ގިނަ އަދަދެއްގެ ޖެޓްތައް ފޮނުވާލާފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%