ސަލްމާން ހާންގެ ބައްޕަގެ ސިއްހީ ހާލަތު ގޯސްވެ، ހޮސްޕިޓަލުގައި އެނދުމަތިކޮށްފި

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ | 3 ގަޑިއިރު ކުރިން - 18 ފެބްރުއަރީ 2026 23:43
ސަލީމާއި ސަލްމާން: މިހާރު ދަނީ ރަނގަޅުވަމުން
ސަލީމާއި ސަލްމާން: މިހާރު ދަނީ ރަނގަޅުވަމުން
ޚުލާސާ

ފުރަތަމަ އިމަޖެންސީ ވޯޑުގައި ފަރުވާދޭން ފެށިކަމަށް ވިޔަސް މާބޮޑަށް ހާލު ދަށްވުމުގެ ސަބަބުން އައިސީޔޫއަށް ބަދަލުކޮށް، ފަރުވާދޭން ފެށިފަހުން އޭނާއަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނު

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާންގެ ބައްޕަ، ސަލީމް ހާންގެ ސިއްހީ ހާލަތު މާބޮޑަށް ދަށަށް ދިއުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދޭން ފަށައިފި އެވެ.

ފިލްމީ ވާހަކަތައް ލިއުމަށް މަޝްހޫރު ލިއުންތެރިޔާ ސަލީމް ހާން ބޮމްބޭގެ ލިލާވަތީ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ. ފުރަތަމަ އިމަޖެންސީ ވޯޑުގައި ފަރުވާދޭން ފެށިކަމަށް ވިޔަސް މާބޮޑަށް ހާލު ދަށްވުމުގެ ސަބަބުން އައިސީޔޫއަށް ބަދަލުކޮށް، ފަރުވާދޭން ފެށިފަހުން އޭނާއަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސަލީމް ހާންގެ ސިކުނޑީގެ ވާތްފަރާތުގައިވާ ލޭހޮޅިތައް ވަނީ ބެދިފަ އެވެ. އޭނާ ވެންޓިލޭޓަރަށް ލައިގެން ފަރުވާދިނަސް އޭނާގެ ހާލަތު ދަނީ ލަސްލަހުން ރަނގަޅުވަމުންނެވެ. ޑޮކްޓަރުން ގެންދަނީ ވަރަށް ނާޒުކު ހާލަތެއްގައި އޮތް ސަލީމް ހާން އޮޕްރޭޝަނެއްކޮށް ސިކުނޑީގެ ނާރުތަކުގައި ގަނޑުވި ލޭ ސާފު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ޝޯލޭ، ހާތީ މެރޭ ސާތީ، ޒަންޖީރު އަދި މިސްޓަރ އިންޑިއާ ފަދަ ކާމިޔާބު އެތައް ފިލްމެއްގެ ވާހަކަ ސަލީމް ހާނާއި ކުރީގެ ލިޔުންތެރިޔާ ޖާވިދު އަހްތަރާ ދެމީހުން ގުޅިގެން ވަނީ ލިޔެފައެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%