Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްލާހުގެ ފެށުމަކީ ތިމާ ކަމަށް ހަދައި، އަމަލީ ނަމޫނާ ދެއްކުމަށް ރައީސް އިލްތިމާސްކުރައްވައިފި

އިސްލާހުގެ ފެށުމަކީ ތިމާ ކަމަށް ހަދައި، އަމަލީ ނަމޫނާ ދެއްކުމަށް ރައީސް އިލްތިމާސްކުރައްވައިފި

މުހައްމަދު ޖަމްޝަތު
193 ދުވަސް ކުރިން - 17 ފެބްރުއަރީ 2026 23:14
ރައީސް ޑރ. މުޢިއްޒު. މި ފެށުނު ރަމަޟާން މަހަކީ ދިވެހި ގައުމަށް ނަސީބާއި ނަސްރުގެ މައްސަރެއްކަމުގައި ލެއްވުމަށް އެދި އެމަނިކުފާނު ދުއާކުރެއްވި---ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޢިއްޒު. މި ފެށުނު ރަމަޟާން މަހަކީ ދިވެހި ގައުމަށް ނަސީބާއި ނަސްރުގެ މައްސަރެއްކަމުގައި ލެއްވުމަށް އެދި އެމަނިކުފާނު ދުއާކުރެއްވި---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި މައްސަރަކީ ދިވެހި ކޮންމެ ރައްޔިތަކަށް ފާގަތި، އަދި ގައުމަށް ނަސީބާއި ނަސްރުގެ މައްސަރެއްކަމުގައި ލެއްވުމަށް އެދި ރައީސް ވަނީ ދުއާކުރައްވާފަ

އިސްލާހުގެ ފެށުމަކީ ތިމާކަމަށްވާތީ، އާއިލާއަކަށް، މުޖުތަމައަކަށް ނުވަތަ ގައުމަކަށް އިސްލާހެއް ނުވަތަ ހެޔޮ ބަދަލެއް ގެންނަން އެދޭ ކޮންމެ މީހަކީ އެ ބަދަލެއްގެ އަމަލީ ނަމޫނާއަކަށް ވާންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވި ޚިތާބުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި، މާތް ﷲ ރޯދަ ފަރުޟުކުރެއްވި މަގުސަދުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އެއީ ތަގުވާވެރިވުމަށާއި، ކުށްފާފަތަކަށް ބިރުވެތިވެ އެކަންކަމުން ދުރުހެލިވުމަށްޓަކައި ކަމަށެވެ. އަދި މި ބަރަކާތްތެރި މޫސުމަކީ ތެދުމަގުގައި ސާބިތުވެ، ހެޔޮ ކަންކަން ކުރުންމަތީ ދެމިތިބުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

ދިވެހި މުޖުތަމައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ފަސްވަގުތު ނަމާދުކުރާ، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ އަދި ބޮޑެތި މީހުންނަށް އިހްތިރާމުކުރާ ބަޔަކު އުޅޭ މުޖުތަމައަކަށް ވާން އެދިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން، މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ސިއްހީގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ، އަދި އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށްހިތާ މުޖުތަމައެއް ދެކިވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިފަދަ ހެޔޮ ސިފަތަކެއް މުޖުތަމައުގައި އަށަގެންނެވުމަކީ ދިވެހިރާއްޖޭގެ އަމާންކަމަށާއި ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ހެޔޮލަފާ، ހުލްގުހެޔޮ ބަޔަކަށް ދިވެހީން ވުމުން، ބައިނަލްއަގުވާމީ މައިދާނުގައިވެސް ދިވެހީންގެ ގަދަރު މަތިވެރިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރަމަޟާން މަހުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އަހުލާގީ އެންމެ މަތިވެރި ފިލާވަޅުތައް އުނގަންނައިދޭ މައްސަރު ކަމަށެވެ. އެހެންކަމުން، އަޅުކަންތައްތަކުން ވަގުތުތައް ރާވާލުމާއި، ޒިކުރުތަކުން ތަގުވާވެރިވުމާއި، ހިތާއި ރޫހާއި ހަށިގަނޑު ހެޔޮ ކަންކަމުގައި ހޭދަކުރާން ދަސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބު ނިންމަވާލެއްވީ، ކޮންމެ މީހަކުވެސް އަމިއްލަ ނަފްސުން އިސްލާހީ ބަދަލުތައް ފެށުމަށް ނަސޭހަތްތެރިވަމުންނެވެ. އަދި މި ރަމަޟާން މަހަކީ ދީނީ އަދި ގައުމީ އިންތަކުގެ މަތީގައި އަމިއްލަ ނަފްސު ތަރުބިއްޔަތުކުރާ މައްސަރަކަށް ހެދުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

މީގެ އިތުރުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ މި މައްސަރަކީ ދިވެހި ކޮންމެ ރައްޔިތަކަށް ފާގަތި، އަދި ގައުމަށް ނަސީބާއި ނަސްރުގެ މައްސަރެއްކަމުގައި ލެއްވުމަށް އެދި ދުއާކުރައްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

47 މިނެޓު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

20 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

1 ދުވަސް ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

3 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

3 ދުވަސް ކުރިން - 10:22

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%