Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޯދަމަހު އެސްޓީއޯއިން 26 ބާވަތެއްގެ އަސާސީ ކާބޯތަކެތި އަގުހެޔޮކޮށް ލިބޭނެ!

ރޯދަމަހު އެސްޓީއޯއިން 26 ބާވަތެއްގެ އަސާސީ ކާބޯތަކެތި އަގުހެޔޮކޮށް ލިބޭނެ!

ހައްވާ މިރުފާ
193 ދުވަސް ކުރިން - 16 ފެބްރުއަރީ 2026 23:08
ރޯދަމަހު އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އެސްޓީއޯއިން ހެޔޮ އަގުގައި ލިބޭނެ --- ފޮޓޯ:ޚުލާސާ
ރޯދަމަހު އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އެސްޓީއޯއިން ހެޔޮ އަގުގައި ލިބޭނެ --- ފޮޓޯ:ޚުލާސާ
ޚުލާސާ

މިފަހަރުގެ ރޯދަ މަހު އެސްޓީއޯއިން 26 ބާވަތެއްގެ ކާބޯތަކެތި އަގު ހެޔޮކޮށް ލިބޭނެ، އެސްޓީއޯގެ ހުރިހާ އައުޓުލެޓަކުން ވެސް އެއް އަގެއްގައި މި ބާވަތްތައް ގަނެވޭނެ

އެސްޓީއޯގެ އައުޓްލެޓްތަކުން މިރޯދަ މަހު އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އަގު ހެޔޮކޮށް ލިބޭނެކަމަށް އެކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެކޮނޮމިކް މިނިސްޓްރީން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް ހިމެނޭހެން 26 ބާވަތެއް، މިރަމަޟާން މަހު އެސްޓީއޯގެ އައުޓުލެޓްތަކުން ހެޔޮ އަގުގައި ލިބޭނެކަމަށެވެ. އަދި މިނިސްޓްރީން އާއްމު ކުރި އަސާސީ ކާބޯތަކެތީގެ ލިސްޓުގައި މޭވާ އާއި ތަރުކާރީގެ އިތުރުން، ކާބޯތަކެތީގެ އިތުރު ބާވަތްތަކެއް ވެސް ވަނީ ހިމަނާފަ އެވެ.

އެގޮތުން މޭވާގެ ބާވަތްތަކުގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ އަދި މިރުހުގެ އިތުރުން މޭބިސްކަދުރު ހިމެނެ އެވެ.

Advertisement

Advertisement 1

އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ތަރުކާރީގެ ބާވަތްތަކަށް ބަލާ އިރު ރަތް ފިޔާ، އިނގުރު، ކެރެޓު އަދި ބަށި ހިމެނެވެ. އޭގެ އިތުރުން ކައްޓަލަ، ލޮނުމެދު، އަލުވި، ކެބެޖު ބަރަބޯ އަދި ބޯވެލި، ތަރުކާރީގެ ގޮތުގައި އަގުހެޔޮކޮށް ލިބޭނެ އެވެ. އެސްޓީއޯއިން އަގުހެޔޮކޮށް ލިބޭ އިތުރު ބާވަތްތަކުގެ ތެރޭގައި ރީނދޫ މުގާއި ކުކުޅު ބިސް އަދި ކާށި ފަދަ ތަކެތި ލިބޭނެ އެވެ.

އެ 26 ބާވަތެއްގެ އަސާސީ ކާބޯތަކެތި މާލެގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ އައުޓުލެޓުތަކުން ލިބެން ހުންނާނެ ކަމަށް އެކޮނޮމިކް މިނިށްޓްރީން ބުންޏެވެ. އޭގެ އިތުރުން މިފެށޭ ރަމަޟާންމަހުގެ ކުރިން ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންވެސް މިތަކެތި ހެޔޮ އަގުގައި ލިބޭނެ އެވެ.

މާލެ ސަރަހައްދުގައި އަސާސީ ކާބޯތަކެތި ލިބެން ހުންނަ އެސްޓީއޯގެ އައުޓްލެޓްތައް:

• އެސްޓީއޯ ޕީޕަލްސް ޗޮއިސް،މާލެ

• އެސްޓީއޯ ހޯލްސޭލް، ނޯތު ހާބަރު

• އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖް

• އެސްޓީއޯ ވިލިމާލެ ފިހާރަ

އޭގެ އިތުރުން އެކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ، އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރަން ނިންމީ، އެ ބާވަތްތަކުން ލިބޭ ސިއްހީ ފައިދާތަކަށް ބަލާފައިކަމަށެވެ. އަދި މި ބާވަތްތައް ލިސްޓު ކުރީ ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކާއި ގޭގޭގައި ކެއިން ބުއިމަށް ބޭނުންކުރާ މިންވަރަށް ވެސް ބަލާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

އެސްޓީއޯރޯދަމަސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖެއިން ބިސް ހުސްވެ ކޮންޓްރޯލް ކުރާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

2 ދުވަސް ކުރިން - 14:05

އެސްޓީއޯ ހެލްތް ކެއަރ އިން ޕޯޓަބަލް ސްކޭން މޮޑަލްތަކެއް ތައާރަފް ކޮށްފި

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

9 ދުވަސް ކުރިން - 12:23

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

12 ދުވަސް ކުރިން - 21:15

ބޯޓުފަހަރުގެ ޗާޓަރު އަގު އިންތިހާއަށް އުފުލުނަސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

18 ދުވަސް ކުރިން - 10:46

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

78 ދުވަސް ކުރިން - 13:57

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 276 މިލިއަނަށް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

104 ދުވަސް ކުރިން - 15:22