ޓްރާންސް މޯލްޑިވިއަން އެއާވޭސް އިން އެއް ދުވަހެއްގެ ތެރޭގައި 7،000 ފަސަންޖަރުން އުފުލައި، ތާރީހީ ރެކޯޑެއް ހަދައިފި އެވެ.
ޓްރާންސް މޯލްޑިވިއަނުން އެއް ދުވަހެއްގެ ތެރޭގައި 7،000 ފަސަންޖަރުން އުފުލާ، ތާރީހީ އެ ރެކޯޑެއް ހަދާފައި ވަނީ އިއްޔެ އެވެ.
ޓީއެމްއޭއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ޓީއެމްއޭގެ ތާރީހުގައި، އެއް ދުވަހެއްގެ ތެރޭގައި އެހާ ގިނަ އޮޕަރޭޝަންތައް ކުރިއަށްގެންދިޔަ ފުރަތަަމަ ފަހަރު ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަނަލް ތައްޔާރީތަކާއި ގިނަ އަދަދެއްގެ ދަތުރުތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރިކަން ހާމަކޮށްދޭ ކަމަށް ޓީމްއެމްއޭއިން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން 800 އަށް ވުރެ ގިނަ ފްލައިޓް ޓޭކް-އޮފް އަދި ލޭންޑިން ފުރިހަމަކޮށްފައިވާ ކަމަށް އެ ޓީއެމްއޭއިން ވަނީ ބުނެފައި އެވެ.
ޓީއެމްއޭއިން ވަނީ މިފަދަ ކާމިޔާބީތައް ހޯދުމުގެ ފަހަތުގައި ތިބި އެކުންފުނީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.
ޓީމްއެމްއޭއަކީ ރާއްޖޭގެ އަދި ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. ޓީމްއެމްއޭއިން އަންނަނީ މެދުކެނޑުމެއް ނެތި އެންމެ މަތީ ފެންވަރުގެ ހިދުމަތް ދަތުރުވެރިންނަށް ދެމުންނެވެ.









