Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލޯބި، ބާރު، ޕަޕަރާޒީ: އެމެރިކާގެ ގެއްލިފައިވާ ޕްރިންސް

ލޯބި، ބާރު، ޕަޕަރާޒީ: އެމެރިކާގެ ގެއްލިފައިވާ ޕްރިންސް

އައިޝަތު ރުވާ ރިފްޢަތު
194 ދުވަސް ކުރިން - 16 ފެބްރުއަރީ 2026 11:27
ޖޭ.އެފް.ކޭ ޖޫނިއާ އާއި ކެރޮލިންގެ "ލަވް ސްޓޯރީ"
ޖޭ.އެފް.ކޭ ޖޫނިއާ އާއި ކެރޮލިންގެ "ލަވް ސްޓޯރީ"
ޚުލާސާ

މިސީރީޒަކީ އެލިޒަބަތު ބެލާގެ ފޮތް "ވަންސް އަޕޮން އަ ޓައިމް" ގެ މައްޗަށް ބިނާކޮށް، 20ވަނަ ގަރުނުގެ އެމެރިކާގެ ތާރީހު އައު ގޮތަކަށް ސިފަކޮށްދޭން ސީރީޒެއްކަން ފާހަގަކޮށްލެވޭ.

އުމުރުން އެންމެ 30 ގެ އަހަރުތަކުގައި މަތިންދާބޯޓު އެކްސިޑެންޓެއްގައި މަރުވި ޖޯން އެފް. ކެނެޑީ ޖޫނިއާ، ކެރޮލިންއާއި ދެމެދު އޮތް ލޯބީގެ ގުޅުމާއި އަދި އެމީހުންގެ ވާހަކަ ތަކަކީ މިއަދާ ހަމައަށް ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ހުރި ވަހަކަތަކެކެވެ.

ޖޯން އެފް. ކެނެޑީ ޖޫނިއާ އެންޑް ކެރޮލިން ބެސެޓްގެ އެމަރިކަން ލަވް ސްޓޯރީ އަނެކާވެސް މީޑިއާގެ ސަމާލުކަމަށް އައިސްފި އެވެ. އެމެރިކާގެ އެންމެ ނުފޫޒުގަދަ އަދި ޝާހީ އާއިލާއަކާ އެންމެ އެއްގޮތް އާއިލާއަކީ ކެނެޑީ އާއިލާ ކަމަށްވާނަމަ، އެ އާއިލާއާ ގުޅުނު ކެރޮލިން ބެސެޓް ކެނެޑީއަކީ އެމެރިކާގެ "ޕްރިންސެސް ޑަޔާނާ" އެވެ. އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް ޑަޔާނާ އައި ފަދައިން، ކެރޮލިންއަކީ ވެސް ކެނެޑީ އާއިލާގެ ތެރޭގައި ހިނގާ ސިޔާސީ އަދި އިޖުތިމާއީ ކަސްތޮޅުތަކަށް އައު، ބޭރުން އައި މީހެކެވެ.

އެފް.އެކްސް އިން އަލަށް އުފެއްދި "ލަވް ސްޓޯރީ: ޖޯން އެފް. ކެނެޑީ ޖޫނިއާ އެންޑް ކެރޮލިން ބެސެޓް" އަކީ ރަޔަން މާފީގެ "ރިއަލް-ލައިފް ރޮމޭންސް އެންތޮލޮޖީ" ސީރީޒްގެ ފުރަތަމަ ބައެވެ. ކޮނާ ހައިންސް އުފައްދާފައިވާ މި ސީރީޒަކީ އެލިޒަބަތު ބެލާގެ ފޮތް "ވަންސް އަޕޮން އަ ޓައިމް" ގެ މައްޗަށް ބިނާކޮށް، 20 ވަނަ ގަރުނުގެ އެމެރިކާގެ ތާރީހު އައު ގޮތަކަށް ސިފަކޮށްދޭން ކުރި މަސައްކަތެކެވެ.

Advertisement

Advertisement 1

މި ސީރީޒްގައި ކެރޮލިން ބެސެޓްގެ ރޯލުން ފެނިގެންދާ ސާރާ ޕިޖަންގެ ހުށަހެޅުން ވަރަށް ފުރިހަމަ އެވެ. ކުރީގެ ބައެއް ވާހަކަތަކުގައި ކެރޮލިންއަކީ "ނުބައި" އަންހެނެއްގެ ގޮތުގައި ސިފަކޮށްފައި އޮތް ނަމަވެސް، މި ސީރީޒުން އޭނާއަކީ ބުއްދިވެރި، ކެރޭ، އަދި އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވާ، މި ވާހަކައިގެ މައިގަނޑު ޝަހުސިއްޔަތުގެ ގޮތުގައި ދައްކައިދެ އެވެ. ޖޯން އެފް. ކެނެޑީ ޖޫނިއާގެ ރޯލުން ފެންނަ ޕޯލް އެންތޮނީ ކެލީ ދައްކުވައިދެނީ، އޭނާގެ މަޝްހޫރު ބައްޕައާ އެއްވަރުވުމަށް މަސައްކަތްކުރާ ނަމަވެސް އެކަން ކާމިޔާބު ނުވާ ދަރިއެއްގެ ރޯލެވެ. މީގެ އިތުރުން ނައޯމީ ވަޓްސް، ޖެކްލިން ކެނެޑީ އޮނާސިސްގެ ރޯލުން ފެނިގެންދެ އެވެ.

ނިއުޔޯކް ސިޓީގެ 90 ގެ އަހަރުތަކުގެ މާހައުލާއި، ކެރޮލިންގެ ފުރިހަމަ ސްޓައިލް މި ސީރީޒްގައި ވަރަށް ރީތިކޮށް ދައްކުވައިދީފައިވެ އެވެ. ނަމަވެސް، ޕަޕަރާޒީންގެ އުނދަގުލާއި މީޑިއާގެ ފިއްތުންތަކުގެ ސަބަބުން ކެރޮލިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރި އަސަރުތައް މި ވާހަކައިން ފެނިގެންދެ އެވެ. މީޑިއާއިން އެއްފަހަރު އޭނާ މަތިވެރިކުރާއިރު، އަނެއްފަހަރު އޭނާގެ އަގު ވައްޓާލުމަކީ އޭނާގެ މިނިވަންކަން ގެއްލިގެން ދިޔަ މައިގަނޑު ސަބަބެވެ.

މި ސީރީޒަކީ އެމެރިކާގެ "ދަ ކްރައުން" އަށް ވުމަށް ކުރާ އުންމީދީ މަސައްކަތެއް ނަމަވެސް، ކެނެޑީ އާއިލާގެ ސިޔާސީ ނުފޫޒާއި އެމެރިކާގެ ރައްޔިތުންނަށް އެ އާއިލާގެ މުހިންމުކަން އެހާ ފުންކޮށް ދިރާސާކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ.

ހޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަޝްހޫރު ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން، ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު އުމުރުން 80 އަހަރުގައި މަރުވެއްޖެ

ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު ޑޮލީ ޕާޓަން އުމުރުން 80 އަހަރުގައި މަރުވެއްޖެ

2 ދުވަސް ކުރިން - 13:26

އޮޅުވާލައިގެން ފައިސާ ހޯދި ކަމަށް ބުނެ ސެލީނާ ގޯމޭޒް އާއި އޭނާގެ މަންމަގެ މައްޗަށް ދައުވާކޮށްފި

އޮޅުވާލި ކަމަށް ބުނެ ސެލީނާއާއި އޭނާގެ މަންމަގެ މައްޗަށް ދައުވާކޮށްފި

10 ދުވަސް ކުރިން - 12:36

އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާ ބްރެންޑާ ފްރިކާ އުމުރުން 81 އަހަރުގައި މަރުވެއްޖެ

އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާ ބްރެންޑާ ފްރިކާ އުމުރުން 81އ މަރުވެއްޖެ

41 ދުވަސް ކުރިން - 18:53

މައިކަލް ޖެކްސަންގެ ބަޔޮޕިކް "މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު އާ ރެކޯޑެއް

މައިކަލް ޖެކްސަންގެ ބަޔޮޕިކް"މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

46 ދުވަސް ކުރިން - 14:33

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

49 ދުވަސް ކުރިން - 22:00

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

54 ދުވަސް ކުރިން - 20:18